
ފަސޭހަކަމާއެކު ފަލްކޮންސް ބަލިކޮށް އުތުރުކޮޑާ ސެމީގެ ފުރުސަތު ބޮޑުކޮށްފި
# ދިވެހި ކުޅިވަރު # ގައްދޫ ކައުންސިލުން ފުޓްސަލް ޗެލެންޖު 2024ފަލްކަސް އާއި އުތުރުކޮޑާ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ޝުރާއު /ގާފު ސްޕޯޓްސއ
މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ފިރިހެން ޑިވިޝަނުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އުތުރުކޮޑާއި ފަލްކަންސް ސްޕޯޓްސް ކުލަބު ވާދަކުރި މެޗު ފަސޭހަކަމާއެކު 8-2ގެ ނަތީޖާއަކުން އުތުރުކޮޑާއިން ކާމިޔާބުކޮށްފި އެވެ.

މުޅި މެޗުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެ އުތުރުކޮޑާއިން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑައަކާއެކު 4-1ގެ ނަތީޖާއަކުން އުތުރުކޮޑާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި އެޓީމުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފަލްކަންސްއިން ވެސް ވަނީ ލަނޑެއް ކާމިޔާބުކޮށްފައެވެ.
އެގޮތުން މިމެޗުގައި އުތުރުކޮޑާގެ އިސްމައިލް ވަޖީހު އަދި އަހުމަދު ހަމީދު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި އުތުރުކޮޑާގެ އަލީ ޝިޔާހު, އަނޫ އަހުމަދު, އާލިމް އަބްދުލް އަޒީޒް, އަދި އަބްދުالله ޝާފިއު, މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ އެއް ލަނޑު ކާމިޔާބުކޮށްފައެވެ. މި މެޗުގައި ފަލްކަންސް އަށް ދެ ލަނޑު ކާމިޔާބުކޮށްދިނީ ޝަމްވީލް މުހައްމަދު އަދި އަލީ ޝިޔާއު އެވެ. އަދި މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުތުރުކޮޑާގެ އަބްދުالله ޝާފިއު އެވެ.
މި ނަތީޖާއާއެކު ކުޅުނު ހަތަރު މެޗުން ހޯދި ހަތް ޕޮއިންޓާއެކު އުތުރުކޮޑާ އޮތީ ތާވާލުގެ ތިންވަނައިގައެވެ. އަދި ފަލްކަންސް ކުޅުނު ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާއެކު އޮތީ ތާވަލުގެ ފަސްވަނައިގައެވެ.
މިއަހަރުގެ މުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގުއުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި

ވަން ގޭމް ބީޗް ހޭންޑްބޯޅަ ޗެމްޕިއަންޝިޕް 2026 ގެ ގުރުލުން ބާއްވައިފި

ފަހަތުން އަރައި ވިކްޓަރީ ބަލިކޮށް ޓީސީ ސްޕޯޓްސް ކުލަބު އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދައިފި

ފާސިރުގެ ހެޓްރިކާއެކު އޮޑި ކަޓުވާލުމަށްފަހު ނިއުރޭޑިއަންޑް އެފްއޭކަޕް ސެމީފައިނަލުން ޖާގަ ހޯދައިފި




