logoEN
cocacola
އޭދަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް!

އޭދަފުށީ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށް!

އަލްފާ އަލީ

logo

10/28/2024, 10:13:52 AM

# އެމްޓީސީސީ# ބ. އޭދަފުށި

-

ބ. އޭދަފުށީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ނެރު ފުންކުރުމުގެ މަސައްކަތުގެ 93 ޕަސެންޓް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

ގޮސިޔާ

އޭދަފުށި ބަނދަރު މަޝްރޫއުގެ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން ބުނީ ނެރު ފުން ކުރުމުގެ 93 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާއިރު މިހާރު ހުރި ބަނދަރު ފުންކުރުމުގެ މަސައްކަތުގެ 87 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެންގޮސްފައިވާއިރު, މިހާރު ކުރިއަށްދަނީ ގައު އެތުރުމުގެ މަސައްކަތްކަމަށްވެސް އެމްޓީސީސީން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން، ރަށުގެ ހުޅަނގު ފަޅީގައި 303 މީޓަރުގެ ވާޓަރު ބަނދަރާއެކު 371 މީޓަރުގެ ބޮޑުހިލަ ރިވެޓްމެންޓާއި 18 މީޓަރުގެ ކޮންކްރީޓް ބުރިޖާއި، 119 މީޓަރުގެ ބޮޑު ހިލަ ބޭރުތޮއްޓާއި، 63 މީޓަރުގެ ނެރުފައިކަށި، 5490 އަކަ މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، ވާޓަރުގައި ރޭމްޕެއް ހިމެނުމާއި، ވާޓަރާއި އިންވެގެން ޕޭވްމެންޓަކާއި ބަނދަރު ބައްތި އަދި ނެރު ބައްތި ގާއިމް ކުރުން ހިމެނެއެވެ.

އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ، 69.9 މިލިއަން ރުފިޔާއަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ