




.jpg?w=3840&q=75)



ޔަހޫދީ އިޒްރޭލުން ޣައްޒާގެ އުތުރުގައި އޮޕަރޭޝަނެއްގެ ނަމުގައި ހިންގި ގަތުލުއާންމުގައި ޝަހީދުވި މީހުންގެ އަދަދު 1000 އާއި ގާތްކޮށްފި އެވެ.
މީގެ ތިން ހަފްތާ ކުރިން އުތުރު ޣައްޒާގައި ޔަހޫދީ އަސްކަރިއްޔާއިން ފެށި ކަމަށްބުނާ އޮޕަރޭޝަން އިއްޔެ ނިމުމަކަށް އައި އިރު ޝަހީދުވި މީހުންގެ އަދަދު 1000 އާއި ގާތްކޮށްފައިވާ ކަމަށް ބުނެފައިވަނީ ޣައްޒާގެ މިޑިއާ އޮފީހުންނެވެ.
އެގޮތުން 24 ދުވަހުގެ މި ގަތުލުއާންމުގައި ޝަހީދުވި މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ގިނަ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
އުތުރު ޣައްޒާގައި ހުއްޓުމެއްނެތި ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ރޭ ފަތިހުއްސުރެ އަސަރަހައްދުގައި ހަމަލާ ބަދަލުކުރުމާއި ވައިގެ ހަމަލާތަކުގެ އަޑުތައް ވަނީ މަޑުވެފައި އެވެ. މިކަމާއި ގުޅިގެން ޔަހޫދީން ސީދާ ބަހެއް ބުނެފައި ނުވި ނަމަވެސް ރިޕޯޓުތައް ބުނާގޮތުގައި އެސަރަހައްދުގައި ތިބި ޔަހޫދީ ސިފައިން މިހާރު ވަނީ އެސަރަހައްދުން ފައިބައިފައި އެވެ.
އުތުރު ޣައްޒާގެ 24 ދުވަހުގެ ގަތުލުއާންމުގައި ޝަހީދުވި މީހުންގެ ސީދާ އަދަދެއް މިއަދުގެ ވަގުތެއްގައި ހާމަކުރާނެ ކަމަށް ބެލެވޭއިރު ބިމާައި ހަމަވެފައިވާ އިމާރާތްތަކުގެ ކުނިތަކުގެ ތެރެއިން މީހުންގެ ހަށިތައް ނެގުމުގައި ޣައްޒާގެ ސިވިލް ޑިފެންސް އާއި ކަމާބެހޭ އިދާރާތަކުން ދަނީ ބޮޑެތި މަސައްކަތްތަކެއް ހުއްޓުމެއްނެތި ކުރަމުންނެވެ.








