![މައިލޯ ސިޓީ އާއި ގަސްދޮށު ސްޕޯޓްސް ކުލަބު](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F10%2FTCCWDCFF23-SemiFinalMens57911.jpg&w=3840&q=75)
މައިލޯ ސިޓީ އާއި ގަސްދޮށު ސްޕޯޓްސް ކުލަބު
# ގައްދޫ ކައުންސިލުން ފުޓްސަލް ޗެލެންޖު 2024# ދިވެހި ކުޅިވަރުގަސްދޮށު އެސްސީ އާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ޝުރާއު/ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ފިރިހެން ޑިވިޝަނުގައި މިރޭ ކުޅުނު ފުރަތަމަ މެޗުގައި ގަސްދޮށު ސްޕޯޓްސް ކުލަބާއި މައިލޯ ސިޓީ ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެއްޖެ އެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މުބާރާތުގައި މައިލޯ ސިޓީގެ ފުރަތަމަ މެޗުގައި 0-5 ގެ ތަފާތުބޮޑު ނަތީޖާއަކުން ފަލްކަންސް އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އުތުކޮޑާ އަތުން އެޓީމު މޮޅުވީ 0-1 ގެ ނަތީޖާއަކުންނެވެ. އަދި ތިންވަނަ މެޗުގައި އެޓީމުން ވަނީ އެންމެފަހުގެ ޗެންޕިއަން ބޮއްކުރާ 1-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ.
މުބާރާތުގައި ގަސްދޮށުން ކުޅުނު ފުރަތަމަ މެޗުގައި 6-0 ގެ ނަތީޖާއަކުން ތިނަދޫ އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ފަލްކަންސް އަތުން އެޓީމު މޮޅުވެފައި ވަނީ ވެސް 6-0 ގެ ނަތީޖާއަކުންނެވެ.
ގައްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ފުރަތަމަ ހާފުގެ 9ވަނަ މިނެޓުގައި މައިލޯ ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. މިއީ އިދިކޮޅު ގޯލް ކުރިމަތިން ލިބުނު ހިލޭ ޖެހުމެއްގައި އެޓީމުގެ އަލީ ހާފިޒް ކާމިޔާބުކޮށްދިން ލަނޑެކެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0ގެ ނަތީޖާއަކުން މައިލޯ ސިޓީ ކުރީގައި އޮވެގެންނެވެ.
ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ގަސްދޮށުން ވަނީ ކުޅުން ރަނަގަޅުކޮށް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ. މިއީ ދެވަނަ ހާފުގެ 10ވަނަ މިނެޓުގައި އެޓީމުގެ އަހުނަފް ރަޝީދު ކާމިޔާބުކޮށްދިން ލަނޑެކެވެ. މިހާފުގައިވެސް ދެޓީމުގެ ފަރާތުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރި ނަމަވެސް, މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަސްދޮށު ސްޕޯޓްސް ކުލަބުގެ އިބްރާހިމް ސިނާހު އެވެ.
މިއަހަރުގެ މުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ލީގުއުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.
ގުޅުންހުރި
![ޗެންޕިއަން އޭދަފުށި ބަލިކޮށް ގަމުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2025%2F1%2F1000038320.jpg&w=3840&q=75)
ޗެންޕިއަން އޭދަފުށި ބަލިކޮށް ގަމުން ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި
![ވާދަވެރި ކުޅުމަކަށްފަހު ގަސްދޮށު އެސްސީ ބަލިކޮށް ބޮއްކުރާ އިން ތަށި ދިފާއުކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2FGFC2024-JR-M0188828.jpg&w=3840&q=75)
ވާދަވެރި ކުޅުމަކަށްފަހު ގަސްދޮށު އެސްސީ ބަލިކޮށް ބޮއްކުރާ އިން ތަށި ދިފާއުކޮށްފި
![ރިޒާންގެ ހަތަރު ލަނޑާއެކު ހޯޑެއްދޫ ބަލިކޮށް ލަޔަންސް ޗެންޕިއަންކަން ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2FGFC2024-JR-M0188405.jpg&w=3840&q=75)
ރިޒާންގެ ހަތަރު ލަނޑާއެކު ހޯޑެއްދޫ ބަލިކޮށް ލަޔަންސް ޗެންޕިއަންކަން ހޯދައިފި
![ވާދަވެރިކުޅުމަކަށްފަހު އުތުރުކޮޑާ ބަލިކޮށް މައިލޯ ސިޓީއިން ތިންވަނަ ހޯދައިފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F11%2FGFC2024-JR-M0177658.jpg&w=3840&q=75)