logoEN
Sto top
ވާދަވެރި ކުޅުމަކަށްފަހު އުތުރުކޮޑާ ބަލިކޮށް މައިލޯ ސިޓީ ދެވަނައަށް

ވާދަވެރި ކުޅުމަކަށްފަހު އުތުރުކޮޑާ ބަލިކޮށް މައިލޯ ސިޓީ ދެވަނައަށް

ހަސަން ޝަމްއޫން

logo

10/26/2024, 5:15:23 PM

# ދިވެހި ކުޅިވަރު # ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024

އުތުރުކޮޑާއި މައިލޯ ސިޓީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ޝުރާއު / ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ފިރިހެން ޑިވިޝަނުގައި މިރޭ ކުޅުނު ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް އުތުރުކޮޑާއި މައިލޯ ސިޓީ ވާދަކުރި މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް މައިލޯ ސިޓީން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

Wamco

މުބާރާތުގައި އުތުރުކޮޑާ ކުޅުނު ފުރަތަމަ މެޗުގައި 3-1 ގެ ނަތީޖާއަކުން އައުޓްލޯ ކިންގްސް އަތުން އެޓީމު މޮޅުވެފައިވާއިރު، މައިލޯ ސިޓީގެ ފުރަތަމަ މެޗުގައި އެޓީމުން ވަނީ 5-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ފަލްކަން ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.

ގައްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި މައިލޯ ސިޓީއިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގަ 10 ވަަނަ މިނުޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑުހޯދާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އަލީ ހާފިޒްއެވެ.

މައިލޯ ސިޓީގެ ލަނޑަށްފަހު އުތުރުކޮޑާއިން ވަނީ ކުރިއަށްޖެހި ލަނޑެއް ޖެހޭތޯ ވަރަށް މަސައްކަތް ކޮއްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 0-1 ގެ ނަތީޖާއަކުން މައިލޯ ސިޓީ ކުރީގައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މައިލޯ ސިޓީގެ އަލީ ހާފިޒް( ހާއްޕެ) އެވެ.

މިނަތީޖާއެކު ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ލީގު ތާވަލުގެ ދެވަނާގައި މައިލޯ ސިޓީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި އުތުރުކޮޑާ ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.

މިއަހަރުގެ މުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދުއުމަށް ހަމަޖެހިފައިވަނީ ލީގުއުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި ސެމީ ފައިނަލުން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC