logoEN
Sto top
އިބްރާހިމް ޝަރީފް؛ ތިނަދޫ ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި ވަރުބަލިކަމެއްނެތި ކުރިއަށް!

އިބްރާހިމް ޝަރީފް؛ ތިނަދޫ ފުޓްބޯޅައަށް ހިދުމަތް ކުރުމުގައި ވަރުބަލިކަމެއްނެތި ކުރިއަށް!

ގާފު އެޑިޓޯރިއަލް

logo

12/15/2025, 8:56:59 AM

# ފުޓްބޯޅަ# ތިނަދޫ ސިޓީ# ދިވެހި ކުޅިވަރު

-

ތިނަދޫ ސިޓީ ކުޅިވަރުގެ ތެރެއިން، ޚާއްސަކޮށް ފުޓްބޯޅަ އާއި ވަކިނުވާ ނަމެއް ކަމުގައިވާ އިބްރާހީމް ޝަރީފް (ޖުއްބަ) އަކީ އެރަށުގެ ކުޅިވަރަށްޓަކައި އަގުނުކުރެވޭފަދަ ހިދުމަތްތަކެއް ކޮށްފައިވާ އަދި ކުރަމުން އަންނަ ބޭފުޅެކެވެ. ޚާއްސަކޮށް ތިނަދޫ ސިޓީ ފުޓްބޯޅަ ޓީމަށް ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތަކަކީ މިސާލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަންކަމެވެ.ޖުއްބައަކީ ދަނޑަށް އެންމެ ފުރަތަމަ އަންނަ މީހާއެވެ. ކޮންމެ ދުވަހެއްގެ ޕްރެކްޓިސްއަށްވިޔަސް، ނުވަތަ މެޗަކަށްވިޔަސް، ކުޅުންތެރިންނާއި ކޯޗުން އައުމުގެ ކުރިން ދަނޑުގެ ކަންކަން ހަމަޖައްސައި، އެދުވަހުގެ ހަރަކާތްތަކަށް ދަނޑު ތައްޔާރުކުރުމުގައި އޭނާ ހަރަކާތްތެރިވެއެވެ. އޭނާގެ މި އާދައަކީ ޒިންމާދާރުކަމާއި، ވަގުތަށް ފަރުވާތެރިވުމުގެ މިސާލެކެވެ.

Wamco

undefined

އަހަރުމެން ހަނދާން ހުންނަން ފެށީއްސުރެ ތިނަދޫ ސިޓީ ފުޓްބޯޅަ ޓީމުގެ އޮފިޝަލެއްގެ ގޮތުގައި ޖުއްބަ ވަނީ ހިދުމަތްތެރިއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. އޭނާގެ ހިދުމަތަކީ ހަމައެކަނި އޮފިޝަލެއްގެ މަސްއޫލިއްޔަތު އަދާކުރުން އެކަންޏެއް ނޫނެވެ؛ އެއީ ކުޅުންތެރިންނަށް އެކުވެރިއެއްގެ ގޮތުގައި، އަދި ބޮޑުބައްޕައެއްގެ ގޮތުގައި ކުރަމުންދާ ހިދުމަތްތަކެވެ. ތިނަދޫ ސިޓީ ފުޓްބޯޅަ ޓީމުތަކުގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި، ޖުއްބަގެ ހިދުމަތް ފާހަގަކޮށްލެވެއެވެ.

undefinedއެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް 2017 ގައި ތިނަދޫ ޓީމުގައި ހިމެނުނު ޖުއްބަ (ކ)، ޓީމުގެ ކޯޗާއެކު(ވ).. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ތިނަދޫ ސިޓީ

އިބްރާހީމް ޝަރީފް (ޖުއްބަ) އަކީ ފޫހިކަމެއްނެތި، ގަޑިއަށް، ކުޅުންތެރިން އެދުވަހުގެ ޕްރެކްޓިސް އަށް ބޭނުންވާ ސާމާނު ގެނެސްދިނުމުގައި އަބަދުވެސް ހަރަކާތްތެރިވާ ބޭފުޅެކެވެ. ބޯޅަ، ކޯން، ވެސްޓް، އަދި އެހެނިހެން ކޮންމެ އެއްޗެއްވެސް ދަނޑަށް ގެނެސް، ޕްރެކްޓިސްއަށް ފަސޭހަ ކޮށްދިނުމުގައި އޭނާގެ ދައުރު ވަރަށް މުހިންމެވެ. މިކަމުގައި އޭނާ ދައްކުވައިދެނީ ތެދުވެރިކަމާއި، ކުޅިވަރަށް އޮންނަ ލޯތްބާއި،ރަށުވަންތަ ކަމެވެ.

undefined2021ވަނަ އަަހަރު ތިނަދޫގައި ބޭއްވުނު ފުޓްބޯޅަ މުބާރާތުގައި ޗެމްޕިއަންކަން ހޯދި ޓީމުގެ މުހިންމު އޮފިޝަލެއް

މިއަދު ގދ. ގައްދޫގައި ފެށިގެން މިދާ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕްގެ ގދ. އެޑިޝަންގައި ވާދަކުރާ ތިނަދޫ ޓީމުގައިވެސް ހިމެނިގެންދާ އެންމެ މުހިންމު އެއް ފަރާތަކީ ޖުއްބަ ކަން ޔަގީނެވެ.ޖުއްބައަކީ ތިނަދޫ ފުޓްބޯޅަ އާއި އެހެނިހެން ކުޅިވަރުތަކަށް ނުހަނު އަގުބޮޑު ހިދުމަތްތަކެއް ކޮށްދެމުން އަންނަ ބޭފުޅެކެވެ. އޭނާގެ ހިދުމަތްތައް ތިނަދޫގެ ކުޅިވަރުގައި ދުވަހަކުވެސް ފޮހެވިގެން ނުދާނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC