
އެމެރިކާގެ ޑިފެންސް އެކަޑަމީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
# ޑިފެންސް މިނިސްޓްރީ# އެމްއެންޑީއެފް-
އެމެރިކާގެ ޑިފެންސް އެކަޑަމީތަކުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ދިވެހިންނަށް ހުޅުވާލައިފި އެވެ.

މި ކޯސްތަކަކީ, އެމެރިކާގައި ހުންނަ "ޔުނައިޓެޑް ސްޓޭޓްސް އެއަރފޯސް އެކެޑަމީ"، "ޔުނައިޓެޑް ސްޓޭޓްސް ކޯސްޓްގާޑް އެކެޑަމީ"، "ޔުނައިޓެޑް ސްޓޭޓްސް މިލިޓަރީ އެކެޑަމީ"، އަދި "ޔުނައިޓެޑް ސްޓޭޓްސް ނޭވަލް އެކެޑަމީ"، ގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކެކެވެ.
ދިވެހި ސަރުކާރުގެ ގެޒެޓްގައި މިހާރު އާންމުކޮށްފައިވާ މި ކޯސްތަކަށް ޝަރުތު ހަމަވާ ފަރާތްތަކުން، ކޯސް އެޕްލިކޭޝަން ފޯމް ފުރުއްވުމަށް ފަހު، 2024 ނޮވެންބަރު 7 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން އެމްއެންޑީއެފް ބަންޑާރަކޮށްޓަށް ދުރުވެ، އެޕްލިކޭޝަން ފޯމް ހުށަހެޅުއްވުމަށް ޑިފެންސް މިނިސްޓްރީން ވަނީ އެދިލައްވާފައެވެ. ނުވަތަ އެމްއެންޑީއެފް ޓްރެއިނިންގ ޑިޕާޓްމަންޓްގެ މެއިލް: ([email protected]) އަށް މެއިލް ކޮށްދެއްވުމަށް އެ މިނިސްޓްރީން ވަނީ އެދިލައްވާފައެވެ.
ކޯސް އެޕްލިކޭޝަން ފޯމް، އެމްއެންޑީއެފް ވެބްސައިޓް (www.mndf.gov.mv) އިން ޑައުންލޯޑު ކުރެވޭއިރު, ކޯހާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އެމްއެންޑީއެފް ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަންސް އެންޑް ޓްރެއިނިންގްގެ ނަންބަރު 9923148 / 3248 އަށް ގުޅުއްވުމަަށް ވަނީ އެދިލައްވާފައެވެ.
ގުޅުންހުރި
.webp&w=3840&q=75)
ލ ގަމު ބޭރުން ބޯޓެއް އޮޔާދާތީ ސަމާލުވާން އިލްތިމާސްކޮށްފި

ސަރަހައްދީ ގައުމުތަކުގެ އެހީއާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ލަންކާގެ ދެ މަސްބޯޓު އަތުލައިގަނެފި

ހުޅުމާލޭ ފޭސް 3 ގައި މިރޭ ހަވާއަރުވާނެ!





