logoEN
Sto top
ލުބުނާނުގެ އަލް މަޔާދީން ޓީވީގެ އޮފީހަށް ޔަހޫދީން ބޮން އަޅައިފި

ލުބުނާނުގެ އަލް މަޔާދީން ޓީވީގެ އޮފީހަށް ޔަހޫދީން ބޮން އަޅައިފި

އަހުމަދު ޝުރާއު

logo

10/23/2024, 8:30:52 PM

# ލުބުނާން - އިސްރާއިލް

ލުބުނާނުގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ އަލް މަޔާދީން ޓީވީގެ އޮފީހަށް ޔަހޫދީ ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން ހަމަލާދީފި އެވެ.

Wamco

ރިޕޯޓުތައް ބުނާގޮތުގައި މި ހަމަލާދީފައިވަނީ މިރޭ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ދެމުންދާ ހަމަލާތަކުގެ ތެރެއިންނެވެ. އެގޮތުން ފާއިތުވި ގަޑިއިރުގެ ތެރޭގައި ޔަހޫދީން ވަނީ ބެއިރޫތުގެ 5 ސަރަހައްދަކަށް ވަރުގަދައަށް ބޮން އަޅާފައި އެވެ.

ހިޒްބުاللهއާ ސިޔާސީ ގޮތުން ގުޅިފައިވާ ޕެން އަރަބް ޓީވީ ޗެނަލް, އަލް މަޔާދީން އިން ދާދި ދެންމެ އަކު ނެރުނު ބަޔާނެއްގައޮ ބުނީ ބެއިރޫތުގެ ދެކުނުގެ އަވަށްތަކުގެ ބޭރުގައި އޮންނަ ޖާނާ އާއި އުޒާއީއާ ދެމެދު އޮންނަ ސަރަހައްދުގައި ހުންނަ އެ ކުންފުނީގެ އޮފީހަށް ޔަހޫދީން ހަމަލާދީ ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.

އަލް މަޔާދީން ޓީވީން ބުނީ އެޓީވީގެ މީޑިއާ އޮފީހަކަށް ދިން ހަމަލާއަކީ އިޒްރޭެލުން ސީދާ ގޮތުން ނޫސްވެރިންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށެވެ. ހަމަލާއާއި އެކު މިހާރު އެ އޮފީސް ހުސްކޮށްފައިވާ ކަން ހާމަކުރި ނަމަވެސް ހަމަލާގައި އެއްވެސް ނޫސްވެރިއަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

އަލް މަޔާދީން އިން ބުނީ ހަމަލާގެ ކުރިން އިސްރާއީލުގެ އަސްކަރިއްޔާއިން އިންޒާރެއް ދީފައެއް ނުވާ ކަމަށެވެ..

ނޮވެމްބަރު 21، 2023 ގައި ލުބުނާނުގެ ދެކުނުގައި އިސްރާއީލުން ދިން ހަމަލާއެއްގައި އިސްރާއީލުގެ ބޯޑަރު ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ރިޕޯޓް ކުރަމުން ދިޔަ އަލް މަޔާދީންގެ ދެ ނޫސްވެރިއަކު ވަނީ ޝަހީދުވެސް ކޮށްލާފައި އެވެ.

E living
ކޮމެންޓް
E living
ފަހުގެ
STELCO Inside