logoEN
Sto top
ނިރުބަވެރި އިޒްރޭލު އިސްކަރިއްޔާގެ ޖެޓުތަކުން މިރޭ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދަނީ

ނިރުބަވެރި އިޒްރޭލު އިސްކަރިއްޔާގެ ޖެޓުތަކުން މިރޭ ލުބުނާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދަނީ

އަހުމަދު ޝުރާއު

logo

10/23/2024, 8:22:58 PM

# ހިޒްބުالله

އިޒްރޭލުގެ އަސްކަރިއްޔާގެ ވައިގެ މަތިންދާބޯޓުތަކުން ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާކަމަށް ރިޕޯޓުތައް ބުނެފި އެވެ.

Wamco

ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ބުނީ އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާ ބޯޓުތަކުން ލުބުނާނުގެ ވެރިރަށަށް ދިން "ވަރުގަދަ" ހަތަރު ހަމަލާއެއްގެ ސަބަބުން ބެއިރޫތުގެ ދެކުނުގެ އަވަށެއް ކަމަށްވާ އަލް ލައިލާކީ ކައިރީގައި ހުރި މީހުން ދިރިއުޅޭ ކޮމްޕްލެކްސްއެއް ބިމާ ހަމަވެފައިވާ ކަމަށެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ބެއިރޫތުގެ ދެކުނުގެ އަވަށްތަކަށް އިސްރާއީލުން މިރޭ އެކަނިވެސް ހަނގުރާމަމަތީ މަތިންދާބޯތަކުން 10 ހަމަލާއެއް ވަނީ ދީފައި އެވެ. އެގޮތުން މިރޭ ދިން ހަމަލާތަކަށް ބަލާއިރު އަލްކަފާތު ސަރަހައްދަށް ދިން 4 ހަމަލާއަކާއި ހެރެޓް ހެރިކް އަށް ދިން ހަމަލާއާއި ބުރްޖުލް ބަރަޖްނެހްގައި ވެސް ދިން ދެހަމަލާއާއި ޖާނާއަށް ދިން ހަމަލާ ފާޙަގަކޮށްލެވެއެވެ.

މި ހަމަލާތައް ދީފައިވަނީ އިސްރާއީލުގެ އަސްކަރިއްޔާއިން އެ ސަރަހައްދަށް "އިވެކުއޭޝަން" އިންޒާރު ވެސް މިއަދު ދީފައިވާ ދަނޑިވަޅެއްގައި އެވެ.,

ޔަހޫދީން ބުނާގޮތުގައި މިހަމަލާތަކަކީ ހިޒްބުاللهގެ ހަނގުރާމަވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކެކެވެ., ނަމަވެސް ހަމަލާތަކުގައި ގިނައިން ޝަހީދުވެފައިވަނީ ހިޒްބުالله އާއި އެއްވެސް ގުޅުމެއް ނެތް މީހުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside