logoEN
cocacola
ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރުމާއި އެކު ޒިޔާއު ގެ ބޮޑެތި ތުހުމަތުތަކެއް މަޖިލީސް އިދާރާގެ އިސްވެރިންނަށް!

ކޮމިއުނިކޭޝަންސް ޑިރެކްޓަރުގެ މަގާމުން ވަކިކުރުމާއި އެކު ޒިޔާއު ގެ ބޮޑެތި ތުހުމަތުތަކެއް މަޖިލީސް އިދާރާގެ އިސްވެރިންނަށް!

އަހުމަދު ޝުރާއު

logo

10/21/2024, 3:54:07 PM

# ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މަގާމުން ވަކިކޮށްފި އެވެ.

ގޮސިޔާ

ޒިޔާއު މަގާމުން ވަކިކުރިކަން މިރޭ އޭނާ ވަނީ މީޑީއާތަކަށް ކަށަވަރުކޮށްދެއްވާފައި އެވެ. އެގޮތުން މަގާމުން ވަކިކުރުމާއި ގުޅިގެން މަޖިލީހުގެ އިދާރާގެ އިސްވެރިންނަށް ބޮޑެތި ތުހުމަތު ތަކެއް ޒިޔާއު ވަނީ ކޮށްފައެވެ. މިކަން އޭނާ ހާމަކުރީ މަޖިލީހުގެ ގްފޫޕަށް ފޮނުވި މެސެޖެއްގައި އެވެ.

އެގޮތުން ޒިޔާއު ފޮނުއްވި މެސެޖުގައި ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ޑިރެކްޓަރ, ކޮމިއުނިކޭޝަންސްގެ މަޤާމުން އޭނާ ވަކިކޮށްފައިވާ ކަމަށާއި ޑިރެކްޓަރ ކޮމިއުނިކޭޝަންގެ މަޤާމަކީ ސިޔާސީ މަޤާމަކަށް ނުވާއިރު އޭނާ ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސަރވިސްގެ ޤާވާއިދާ ޚިލާފަށް ކަމަށެވެ.

ޕާލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށް އެ ޤާވާއިދުގައި ބަޔާންކުރާ އިޖުރާޢަތްތަކާ ދެކޮޅަށް, ނޯޓިސް ދިނުމަކާ ނުލާ އަވަސް އަރުވާލައިގެން ވަޒީފާއިން ވަކިކުރުމުގެ މަޤްސަދުގައި ޕާލަމެންޓަރީ ސަރވިސް ގަވާއިދުގެ ކޯޑު އޮފް ކޮންޑަކްޓާ ޚީލާފުވިކަމަށް ބުނެ ވަކިކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްވެރިން, ޚާއްސަކޮށް މަޖިލީހުގެ ޢަމީން އާންމު ފާތިމަތު ނިޔުޝާއާއި ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ރަޝީދު އާއި ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަހުމަދު ފާއިޒު އަދި ޑިރެކްޓަރ ފޮރިން ރިލޭޝަންސް ޒުއްޔިނާ ބަދުރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް ވާހަކަ ދައްކާފައިވާތީ, ޒާތީ ހަސަދަވެރިކަން ފިލުވުމަށްކަމަށް ދެކޭ ކަމަށްވެސް ޒިޔާއު ވިދާޅުވިއެވެ.

" އަދި ބެކް ޑޭޓްކޮށް ބައެއް ޕްރޮކިއުމަންޓް ރިކުއެސްޓްތަކުގައި ސޮއި ކުރުމަށް ދެކޮޅު ހަދާފައިވާތީ ކަމަށް ދެކެމެވެ. " ޒިޔާއު ވިދާޅުވިއެވެ.

ޒިޔާއު ވަނީ ޕަލަމެންޓަރީ ސަރވިސް ޤަވާއިދާ ޚިލާފަށް ރާވައިގެން އޭނާ ވަޒީފާއިން ވަކިކުރި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އަދި މަޖިލީހުގެ އާންމު ކޮމިޓީއަށް ހުށަހަޅާނެކަން ހާމަކޮށްފައެވެ.

ޕީއެސްއެމްގައި 13 އަހަރު ހޭދަކޮށްފައިވާ ޒިޔާއު ރައްޔިތުންގެ މަޖިލީހުގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމާއި ހަވާލުވީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހު އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ