
--
ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ މުއްދަތު އިތުރުކުރަން ފާސްކޮށްފިއެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި ތަޅުމުގައި ނެގި ވޯޓުން ފާސްކުރީ މި އަހަރުގެ ތިން ވަނަ ދައުރު، އަންނަ މަހުގެ 15އާ ހަމައަށް ދަންމާލުމަށެވެ. މިގޮތަށް ފާސްކުރީ މަޖިލީހުގެ 68 މެންބަރުންގެ ވޯޓުންނެވެ. މި ކަމާއި ދެކޮޅަށް 11 މެމްބަރަކު ވޯޓު ދެއްވި އެވެ.
މަޖިލީހުން ނިންމަން ޖެހޭ މުހިންމު މަސައްކަތްތަކެއް ހުރުމުން ދައުރު ފާސްކުރުމަށް ހުުށަހެޅުއްވީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ އެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ މި ދައުރުގެ ފަހު ދުވަހަކީ ނޮވެމްބަރު 30 ވަނަ ދުވަހެވެ.
ގާނޫނުއަސާސީގެ 83 ވަނަ މާއްދާގައިވާ ގޮތުން މަޖިލީހުގެ ޖަލްސާތައް އަހަރެއްގެ ތެރޭގައި ބެހިގެން ދާނީ ތިން ދައުރުގެ މައްޗަށެވެ. ދައުރުތަކުގެ ތަފުސީލުގެ ގޮތުގައި އޮންނަނީ މަޖިލީހުގެ ގަވާއިދުގައި ބުނެފައި ވަނީ މަޖިލީހުގެ ފުރަތަމަ ދައުރު ހިނގާނީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީން ފެށިގެން މޭ މަހުގެ 15 އާ ހަމައަށެވެ. ދެވަނަ ދައުރު ހިނގާނީ ޖޫން މަހުން ފެށިގެން އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައި އޮންނަ އިރު، މަޖިލީހުގެ ތިންވަނަ ދައުރު ހިނގާނީ އޮކްޓޫބަރު މަހުން ފެށިގެން ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
އަހަރުގެ ފަހު ދައުރަށް ފަހު ތިން މަހުގެ ޗުއްޓީއަކަށް މަޖިލީސް ދާނެ އެވެ. އަދި އެއަށްފަހު އަންނަ އަހަރު މަޖިލީހުގެ ފުރަތަމަ ދައުރު ފަށާ ފެބްރުއަރީގަ އެވެ. އަންނަ އަހަރު މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވާނެ އެވެ.
ގުޅުންހުރި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 5 އަށް މަދުކުރަން މަޖިލީހުން ފާސްކޮށްފި

ޑަބްލިއުޑީސީތަކަށް ރަސްމީ މުސާރަ އާއި ރޯދަ އިނާޔަތް ދޭން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާއަށް ފުރާވަޑައިގަންނަވައިފި
.jpg&w=3840&q=75)