logoEN
cocacola
އެކި ފަރާތްތަކުން އެޗްޑީސީޢަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ހޯދުމައްޓަކައި ޚާއްސަ ފިޔަވަޅުތަކެއް!

އެކި ފަރާތްތަކުން އެޗްޑީސީޢަށް ދައްކަން ޖެހި ނުދައްކާ ހުރި ފައިސާ ހޯދުމައްޓަކައި ޚާއްސަ ފިޔަވަޅުތަކެއް!

އަހުމަދު ޝުރާއު

logo

10/21/2024, 3:49:40 PM

# އެޗްޑީސީ

--

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވިޔަފާރީގެ އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ފަރާތުން ފައިސާތައް ހޯދުމަށް ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށް އެޗްޑީސީން ނިންމައިފި އެވެ.

ގޮސިޔާ

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޯޕަރޭޝަންގެ ހިންގުން ހަރުދަނާކުރުމަށް ހާއްސަ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތުގެ ތެރެއިން، އެކި ވިޔަފާރިތަކުން ދައްކަންޖެހި، ނުދައްކާ ހުރި ފައިސާ ހޯދުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، އެ ކޯޕަރޭޝަނުން ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަންޖެހި، ނުދައްކާ ހުރި ފަރާތްތަކުން، މިއަދުން ފެށިގެން 30 ނޮވެމްބަރު 2024 ގެ ނިޔަލަށް އެ ފައިސާ ދައްކައި ހަލާސްކޮށް، އެ ކޯޕަރޭޝަނަށް ދައްކަން ޖެހޭ އެއްވެސް ފައިސާއެއް ނެތްކަން ޔަގީންކުރުމަށް ވަނީ އަންގާފަ އެވެ.

އެޗްޑީސީން ބުނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ފަރާތްތަކަށް އިތުރު ނޯޓިހެއް ދިނުމަށްފަހު، އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް އެ ކޯޕަރޭޝަންގެ ވެބްސައިޓުގައި ޝާއިއުކުރެވޭނެ ކަމަށެވެ.

މިކަމާ ގުޅިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް އީމެއިލް މެދުވެރިކޮށް މި އީމެއިލްއަށް މެއިލްކޮށް ގެން ކުރިއަށް ގެންދިއުމަށް އެޗްޑީސީ އިން ބުނެއެވެ،

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ