logoEN
cocacola
އެޗްޑީސީގެ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖްތަކެއް ދައުރުކުރަނީ

އެޗްޑީސީގެ ނަމުގައި އަނެއްކާވެސް ސްކޭމް މެސެޖްތަކެއް ދައުރުކުރަނީ

އަލްފާ އަލީ

logo

10/15/2024, 10:40:01 AM

# ސްކޭމް# އެޗްޑީސީ# ފުލުހުން

-

ގެދޮރުވެރިޔާ ސްކީމާ ގުޅުވައިގެން ހަދާފައިވާ ފިޝިން ލިންކުތަކެއް ދައުރުވަމުންދާތީ، މިކަމަށް ސަމާލުވެ ރައްކާތެރިވުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ގޮސިޔާ

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަމުގައި ފޮނުވަމުންދާ މި ލިންކަކީ "ގެދޮރުވެރިޔާ ސްކީމުން ފްލެޓުތަކަށް ފޯމުލުމުގެ ފުރުސަތު އެޗް.ޑީ.ސީ.އިން އަލުން ހުޅުވާލިކަމަށާއި ވެބްސައިޓުން ލިބެންހުންނާނެ" ކަމަށް ބުނެ ސައްހަނޫން މައުލޫމާތު ހިމެނޭ މެސެޖަކާއެކު ދައުރުކުރަމުންދާ ލިންކެކެވެ.

މީގެ ކުރިންވެސް މިފަދަ ލިންކުތައް އެކި ދުވަސްވަރު ދައުރުވެ، ގިނަ އަދަދެއްގެ ބަޔަކު މިފަދަ ލިންކުތަކުގެ ޝިކާރައަކަށް ވެފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. ހާއްސަކޮށް ގެދޮރުވެރިޔާ ސްކީމުން ބޯހިޔާވަހިކަން ލިބޭ މީހުންގެ މައުލޫމާތު އާންމުކުރުމަށް ދައުލަތުން ތައްޔާރުވަމުންދާ މި ދަނޑިވަޅުގައި މިފަދަ ލިންކުތަކަށް ކްލިކްކުރާ މީހުންގެ އަދަދު އިތުރުވެދާނެކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އެހެންކަމުން، ގެދޮރުވެރިޔާ ސްކީމާ ގުޅޭ މައުލޫމާތު ހޯދުމުގައި ދައުލަތުގެ ރަސްމީ ޕޯޓަލްތަކުން މައުލޫމާތު ޗެކްކުރެއްވުމަށް ސަމާލުކަން ދެއްވުމަށާއި, ސޯޝަލް މީޑިއާ ގްރޫޕެއްގައި މިފަދަ ލިންކެއް ދައުރުވާނަމަ ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުގެ އީމެއިލް އަށް އަންގަވައިދެއްވުމަށް ފުލުހުން ވަނީ އެދިލައްވާފައެވެ.

ޝައްކުކުރެވޭ މިފަދަ ލިންކެއް ލިބިވަޑައިގެންފިނަމަ، އެ އިތުރަށް ފޯވަރޑްކޮށް ޝެއަރ ނުކުރެއްވުމަށާއި ސްކޭމުން ރައްކާތެރިވުމަށް ހުރިހާ އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ