logoEN
cocacola
ހުޅުމާލޭގައި ކުނި މެނޭޖްކުރުމަށް ބިން ދޫކުރުމަށް ތިން ފަރާތެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި ކުނި މެނޭޖްކުރުމަށް ބިން ދޫކުރުމަށް ތިން ފަރާތެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފި

އަލްފާ އަލީ

logo

10/3/2024, 3:09:49 PM

# އެޗްޑީސީ# ފިނޭންސް މިނިސްޓްރީ# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

-

ހުޅުމާލޭގައި ކުނި ބަދަލުކުރާ މަރުކަޒެއް ތަރައްޤީކުރުމަށްޓަކައި ބިން ކުއްޔަށް ދިނުމަށް މިއަދު ތިން ފަރާތެއްގެ މެދުގައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

މި އެއްބަސްވުމަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ފަންޑުކުރާ ކުނި މެނޭޖްކުރުން ރަނގަޅުކޮށް ކުނިން ހަކަތަ އުފެއްދުމުގެ މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި އެއްބަސްވުމުގައި ބައިވެރިވާ ފަރާތްތަކަކީ މޫސުމަށް އަންނަ ބަދަލުތަކާއި، ތިމާވެށި އަދި ހަކަތައާބެހޭ ވުޒާރާއާއި، މާލިއްޔަތު ވުޒާރާ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ. މި އެއްބަސްވުމުގެ ދަށުން އެޗްޑީސީން ކުނި މެނޭޖްކުރުމުގެ ބޭނުމަށް 1 ހެކްޓަރުގެ ބިމެއް ކުއްޔަށް ދޫކުރާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާގެ މިނިސްޓަރ ޠާރިޤް އިބްރާހީމް އާއި، ފައިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު މާޒިން އަދި އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޟުލް ރަޝީދެވެ. މި ރަސްމިއްޔާތު ބޭއްވުނީ މޫސުމީބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭވުޒާރާގައެވެ.

މި މަޝްރޫޢުގެ ދަށުން ޤާއިމްކުރާ ކުނި ބަދަލުކުރާ މަރުކަޒުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވެނީ ޑިޒައިން ފޭސް ނިމުމަށްފަހު 18 މަސްދުވަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ ސަރުކާރުގެ "މަގޭ ސާފު ރާއްޖެ" ކެމްޕެއިންގެ ދަށުން ކުރިއަށްގެންދާ ކުނި މެނޭޖްކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ