logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު ފިޓް ފެމިނިން ބަލިކޮށް އޭއެސްއެމްއެޗުން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު ފިޓް ފެމިނިން ބަލިކޮށް އޭއެސްއެމްއެޗުން ފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

10/21/2024, 1:32:51 PM

# ތިނަދޫ ސިޓީ ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯޅަ ޓޯނަމެންޓް 2024# ދިވެހި ކުޅިވަރު # އޭއެސްއެމްއެޗް# ހޭންޑްބޯލް މޯލްޑިވްސް# ފިޓް ފެމިނިން

ފިޓް ފެމިނިން އާއި އޭއެސްއެމްއެޗް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ޑަބްލިޔުޑީސީ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "6 ވަނަ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2024" ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި އޭއެސްއެމްއެޗް އާއި ފިޓް ފެމިނިން ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 10-19 ގެ ނަތީޖާއަކުން މޮޅުވެ، އޭއެސްއެމްއެޗުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

އޭއެސްއެމްއެޗުގެ ފުރަތަމަ މެޗުގައި 6-9 ގެ ނަތީޖާއަކުން އައުޓްލޯޒް އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 10-13 ގެ ނަތީޖާއަކުން ވެމްކޯ ބަލިކޮށްފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ޑީއާރުސީ އަތުން މޮޅުވީ 19-08 ގެ ނަތީޖާއަކުންނެވެ.

މީގެ އިތުރުން މުބާރާތުގައި ފިޓް ފެމިނިން ކުޅުނު ފުރަތަމަ މެޗުގައި 9-0 ގެ ނަތީޖާއަކުން ޑީއާރުސީ އަތުން މޮޅުވި، ނަމަވެސް ދެވަނަ މެޗުގައި ވެމްކޯ އަތުން 8-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އޭއެސްއެމްއެޗުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ފަސް ލަނޑުގެ ލީޑަކާއެކު 8-3 ގެ ނަތީޖާއަކުން އޭއެސްއެމްއެޗު ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 11 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ފިޓް ފެމިނިންއަށް ކާމިޔާބުކުރެވުނީ ހަތް ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭއެސްއެމްއެޗުގެ މަރިޔަމް ޔުމާން ޔާސިރު އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް އަށް ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިނަތީޖާއެކު ކުޅުނު ހަތަރު މެޗުން އޭއެސްއެމްއެޗަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި ފިޓް ފެމިނިން ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އާއި އައުޓްލޯޒްގެ އިތުރުން ދެން ހިމެނެނީ ފިޓް ފެމިނިން، ޑީއާރުސީ އަދި ކުލަބު ވެމްކޯ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ، މިމުބާރާތުގެ އަންހެން ޑިވިޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ