
--
މާލެ ސިޓީގެ ސްކޫލްތަކާ، ކ އަތޮޅުގެ ސްކޫލް ތަކުގެ ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނަށް ހާއްސަކޮށް ލީޑަރޝިޕް ޓްރޭނިންގ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

މިއީ ސްކޫލްތައް ހިންގުމުގައި ބޭނުންކުރާ ޒަމާނީ އާ ގޮތްތަކާއި، އާ އީޖާދުތަކާ ގުޅޭ މަޢުލޫމާތު ޕްރިންސިޕަލުންނަށް ހިއްސާކޮށް އަހުލުވެރި ކުރުވުމަށްޓަކާ ކުރިޔަށް ގެންދާ ތަމްރީން ޕްރޮގުރާމެކެވެ.
މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ އިތުރުން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީތަކަ ގުޅިގެން ސިލްސިލާކޮށް ކުރިޔަށް ގެންދާ މި ތަމްރީނު ޕްރޮގުރާމްގެ މިބުރު ކުރިޔަށް ދިޔައީ އޮކްޓޯބަރު 15 ވަނަ ދުވަހު މާލޭގެ ޢިމާދުއްދީނު ސްކޫލްގައެވެ. އަދި މި ތަމްރީން ޕްރޮގްރާމުގެ ސެޝަންތައް ނަންގަވައިދެއްވީ މެލޭޝިޔާގެ ސެގި ޔުނިވަރސިޓީންނެވެ.
މިތަމްރީނު ޕްރޮގުރާމްގައި މާލެ ސިޓީގެ ސްކޫލްތަކާ، ކ. އަތޮޅުގެ ސްކޫލުތަކުން ޖުމްލަ 55 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
ގުޅުންހުރި

ދެވަނަ ޓާމުގެ ކިޔެވުން ފަށައިފި
(1).jpeg&w=3840&q=75)
އަލް-އަޒްހަރުން ޑިގްރީއަށް ކިޔެވުމަށް ދިވެހި ދަރިވަރުންނަށް 22 ސްކޮލަރޝިޕް!

މިއަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާ ދަރިވަރުންގެ ޗުއްޓީ އަށް




