logoEN
cocacola
ވެމްކޯ އަތުން މޮޅުވެ ބާކީ އެއްމެޗު އޮއްވައި އައުޓްލޯޒުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ވެމްކޯ އަތުން މޮޅުވެ ބާކީ އެއްމެޗު އޮއްވައި އައުޓްލޯޒުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

10/20/2024, 5:35:53 PM

# ތިނަދޫ ސިޓީ ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯޅަ ޓޯނަމެންޓް 2024# ދިވެހި ކުޅިވަރު # އައުޓްލޯޒް# ކުލަބު ވެމްކޯ

އައުޓްލޯޒާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ޑަބްލިޔުޑީސީ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "6 ވަނަ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2024" ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅެވުނު ދެވަނަ މެޗުގައި އައުޓްލޯޒާއި ކުލަބު ވެމްކޯ ވާދަކުރި މެޗު ފަސޭހަކަމާއެކު 16-02 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް ބާކީ އެއްމެޗު އޮއްވައި އައުޓްލޯޒުން މުބާރާތުގެ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.

ގޮސިޔާ

މުބާރާތުގައި އައުޓްލޯޒް ކުޅުނު ފުރަތަމަ މެޗުގައި 9-6 ގެ ނަތީޖާއަކުން އޭއެސްއެމްއެޗު އަތުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި، ޑީއާރުސީ އަތުން އެޓީމު މޮޅުވީ 24-04 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ކުލަބު ވެމްކޯގެ ފުރަތަމަ މެޗުގައި 10-13 ގެ ނަތީޖާއަކުން އޭއެސްއެމްއެޗު އަތުން ބަލިވި ނަމަވެސް ދެވަނަ މެޗުގައި އެޓީމުން ވަނީ 8-2 ގެ ނަތީޖާއަކުން ފިޓް ފެމިނިން ބަލިކޮށްފައެވެ

މުޅި މެޗިގައިވެސް އައުޓްލޯޒްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަ ލަނޑުގެ ލީޑަކާއެކު 7-1 ގެ ނަތީޖާއަކުން އައުޓްލޯޒް ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު ނުވަ ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވެމްކޯއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެކެވެ.

އެގޮތުން މިމެޗުގައި އައުޓްލޯޒްގެ އަޒްލިފާ އަބްދުލް އަޒީޒް، ފާތިމަތު މިއުޝާ އަދި ލައުހާ ހުސެއިން މިއިން ކޮންމެ ކުޅުންތެރިއަކު ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޒާރާ އާދަމް އެވެ. އަދި މިމެޗުގައި ވެމްކޯގެ ދެލަނޑު އެޓީމުގެ އާމިނަތު މައީޒާ މުސްތަފާ ކާމިޔާބުކޮށްދިންއިރު، މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައުޓްލޯޒްގެ ލައުހާ ހުސެއިން އެވެ.

މިނަތީޖާއެކު ކުޅުނު ތިން މެޗުން އައުޓްލޯޒަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ވެމްކޯއަށް ތިން މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އާއި އައުޓްލޯޒްގެ އިތުރުން ދެން ހިމެނެނީ ފިޓް ފެމިނިން، ޑީއާރުސީ އަދި ކުލަބު ވެމްކޯ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ، މިމުބާރާތުގެ އަންހެން ޑިވިޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ