logoEN
cocacola

ފިޓް ފެމިނިން އާއި ވެމްކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ޑަބްލިޔުޑީސީ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "6 ވަނަ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2024" ގެ އަންހެން ޑިވިޝަންގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި 8-2 ގެ ނަތީޖާއަކުން ފިޓް ފެމިނިން އަތުން މޮޅުވެ ވެމްކޯ އިން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގޮސިޔާ

މުބާރާޔުގައި ފިޓް ފެމިނިން ކުޅުނު ފުރަތަމަ މެޗުގައި ޑީއާރުސީ އަތުން 9-0 ގެ ނަތީޖާއަކުން އެޓީމު މޮޅުވެފައިވާއިރު، ވެމްކޯގެ ފުރަތަމަ މެޗުގައި 10-13 ގެ ނަތީޖާއަކުން އޭއެސްއެމްއެޗް އަތުން އެޓީމު ވަނީ ބަލިވެފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުފެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ލަނޑުގެ ލީޑަކާއެކު 4-2 ގެ ނަތީޖާއަކުން ވެމްކޯ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ވެމްކޯއިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ އިތުރު ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ.

އެގޮތުން މިމެޗުގައި ވެމްކޯގެ އާމިނަތު މައީޒާ މުސްތަފާ ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ނަޒްލީނާ އަހުމަދު ރަޝީދު އަދި ފާތިމަތު އިޔާޝާ އިސްމާއިލް ރާފިއު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ދެލަނޑު ކާމިޔާބުކޮށްފައެވެ.

މީގެ އިތުރުން މިމެޗުގައި ފިޓް ފެމިނިންގެ ދެލަނޑުވެސް ކާމިޔާބުކޮށްދިނީ އެޓީމުގެ އާމިނަތު އިމާނީ އަބްދުލް ވާހިދު އެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ އާމިނަތު މައީޒާ މުސްތަފާ އެވެ. އަދި މިނަތީޖާއެކު ކުޅުނު ދެމެޗުން ކުލަބު ވެމްކޯއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ފިޓް ފެމިނިން ކުޅުނު ދެމެޗުން އެޓީމަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އާއި އައުޓްލޯޒްގެ އިތުރުން ދެން ހިމެނެނީ ފިޓް ފެމިނިން، ޑީއާރުސީ އަދި ކުލަބު ވެމްކޯ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ، މިމުބާރާތުގެ އަންހެން ޑިވިޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ