logoEN
cocacola
ފަހުވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު އަލް ޝަބާބު އަތުން މޮޅުވެ އަލް ނަސްރު ދެވަނައަށް

ފަހުވަގުތު ރޮނާލްޑޯ ކާމިޔާބުކުރި ލަނޑާއެކު އަލް ޝަބާބު އަތުން މޮޅުވެ އަލް ނަސްރު ދެވަނައަށް

ހަސަން ޝަމްއޫން

logo

10/18/2024, 11:34:01 PM

# ކްރިސްޓިއާނޯ ރޮނާލްޑޯ# އަލް ނަސްރު # އަލް ޝަބާބު# ބޭރު ދުނިޔޭގެ ކުޅިވަރު# ސައުދީ ޕްރޮފެޝަނަލް ލީގު

ރޮނާލްޑޯ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ..

ސައުދީ ޕްރޮފެޝަނަލް ލީގުގައި ހުކުރު ދުވަހުގެ ރޭ ރަށުން ބޭރިގައި އަލް ޝަބާބު އަތުން 2-1 ގެ ނަތީޖާއަކުން މޮޅުވެ އަލް ނަސްރުން ލީގު ތާވަލުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.

ގޮސިޔާ

ލީގުގައި އަލް ނަސްރު އެންމެ ފަހުން ކުޅުނު މެޗުގައި އަލް އަލް އޮރުބާ އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އަލް ޝަބާބު އެންމެ ފަހުން ކުޅުނު މެޗުގައި ޑަމަކް އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އަލް ނަސްރު އެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ އަލް ނަސްރުންނެވެ. މިލަނޑު ދެވަނަ ހާފުގެ 69 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ސްޕެނިޝް ޑިފެންޑަރު އެމެރިކް ލަޕޯޓް އެވެ. އަދި މެޗުގެ 83 ވަނަ މިނެޓުގައި އެޓީމުގެ މާނޭ އިތުރު ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ.

އަލް ޝަބާބުން މެޗުގެ ނަތީޖާ އެއްވަރުކުރީ ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައެވެ. މިލަނޑަކީ އަލް ނަސްރުގެ ޑިފެންޑަރު އަލީ އަލް ހަސަން އަތުން ބައިކޮޅަށް ވަން،ލަނޑެކެވެ. އަދި މިމެޗުން އަލް ނަސްރު މޮޅުވި ލަނޑު އިތުރު ވަގުތުގެ ހަތްވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިއީ ލީގުގައި ކުޅުނު ހަތް މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ހަ ވަނަ ލަނޑެވެ. އަދި އޭނާގެ ޕްރޮފެޝަނަލް ކެރިއަރުގެ 907 ވަނަ ލަނޑެވެ.

މީގެ އިތުރުން އިތުރު ވަގުތުގެ 13 ވަނަ މިނެޓުގައި މެޗުގެ ނަތީޖާ އެއްވަރުކުރުނަށް އަލް ޝަބާބަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް އެޓީމު މޮރޮކޯ ފޯވާޑް އަބްދުއްރައްޒާގް ހަމްދުﷲ ކުރިއަށް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

މިއީ، އަލް ނަސްރުގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު މުހައްމަދު ސިމަކަން ކުރި ފައުލަކާއި ގުޅިގެން ވީއޭއާރުން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. އަދި މިފައުލާއި ގުޅިގެން ރެފްރީ ވަނީ ސިމަކަންއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑެއް ދައްކައި ދަނޑު ފޮނުވާލާފައެވެ.

މިނަތިޖާއެކު ލީގުގައި ކުޅުނު ހަތް މެޗުން އަލް ނަސްރަށް 17 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އަލް ޝަބާބުން ކުޅުނު ހަތް މެޗުން ލިބުނު 12 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ ހަތަރު ވަނައިގައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ