logoEN
cocacola
ފުރަތަމަ މެޗުގައި ލަންކާ އިން ދިވެހި ޓީމު ބަލިކޮށްފި

ފުރަތަމަ މެޗުގައި ލަންކާ އިން ދިވެހި ޓީމު ބަލިކޮށްފި

ހަސަން ޝަމްއޫން

logo

10/18/2024, 1:03:14 PM

# ދިވެހި ކުޅިވަރު # ގައުމީ އަންހެން ފުޓްބޯޅަ ޓީމު# ސާފު ވިމެންސް ޗެމްޕިއަންޝިޕް 2024

ދިވެހިރާއްޖެ އާއި ސްރީލަންކާ ވާދަކުރި މެޗުގެ ތެރެއިން...

ނޭޕާލުގައި މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ފުޓްބޯލް ފެޑެރޭޝަން (ސާފް) ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ފުޓްބޯޅަ ޓީމު ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ސްރީލަންކާ އަތުން ދިވެހި ޓީމު ބަލިވެއްޖެއެވެ.

ގޮސިޔާ

ނޭޕާލުގެ ދަސްރަތު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ލަންކާ ޓީމުން މެޗު ޑޮމިނޭޓްކުރިއިރު، އެޓީމުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. އަދި މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިމީޝާ އެވެ. މިއީ އެޓީމުގެ ކުޅުންތެރިއަކު އަރިމަތިން ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް ރާއްޖޭގެ ގޯލު އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މީގެ އިތުރުން ވެސް މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ލަންކާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ލަންކާ ޓީމުންނެވެ. އަދި މިހާފުގައި ވެސް އެޓީމުން ރާއްޖޭގެ ގޯލާއި އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، ދިވެހި ޓީމުގެ ކީޕަރު އައިމިނަތު ލީޒާ ވަނީ ހުޝިއާރުކަމާއެކު ލަންކާގެ ހަމަލާތައް ދިފާއުކުރުމުގައި މޮޅުކުޅުމެއް ދައްކަދީފައެވެ.

މީގެ އިތުރުން ދެވަނަ ހާފުގައި ރާއްޖޭގެ ޓީމުން ވެސް ވަނީ ކައުންޓާ އެޓޭކުތަކުގައި ލަންކާގެ ގޯލަށް ނުރައްކާ ކުރެވޭތޯ މަސައްކަތްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ލަންކާ ކުރީގައި އޮވެގެންނެވެ.

ސާފް ވިމެންސް ޗެމްޕިއަންޝިޕްގައި ރާއްޖެ ހިމެނެނީ ގުރޫޕް ބީގައެވެ. މި ގުރޫޕުގައި ރާއްޖެ އާއި ލަންކާގެ އިތުރުން ދެން ހިމެނެނީ ނޭޕާލް އާއި ބޫޓާންއެވެ. އަދި މުބާރާތުގައި ރާއްޖޭ ޓީމު ކުޅޭ ދެވަނަ މެޗުގައި މިއަންނަ ހޯމަ ދުވަހު ނިކުންނާނީ މުބާރާތް ބާއްވާ ގައުމު ނޭޕާލް އާއި ދެކޮޅަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ