logoEN
cocacola
މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑް ހޭންޑްބޯޅަ މޯލްޑިވްސް އަށް

މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑް ހޭންޑްބޯޅަ މޯލްޑިވްސް އަށް

ހަސަން ޝަމްއޫން

logo

10/18/2024, 8:30:46 AM

# މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024# ދިވެހި ކުޅިވަރު # ހޭންޑްބޯލް މޯލްޑިވްސް

މޯލްޑިވްސް ސްޕޯޓްސް އެވޯޑް ނައިޓުގައި ބައިވެރިވި ހޭންބޯޅަ މޯލްޑިވްސް ޓީމު... ފޮޓޯ: ހޭންޑްބޯޅަ މޯލްޑިވްސް

ރާއްޖޭގައި ބާއްވާ އެންމެ ޝަރފްވެރި ކުޅިވަރު އެވޯޑް "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024" ގައި މިދިޔަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކުޅިވަރު އެސޯސިއޭޝަންގެ އެވޯޑް ހޭންޑް ބޯޅަ މޯލްޑިވްސް އިން ކާމިޔާބުކޮށްފިއެވެ.

ގޮސިޔާ

ސޯޝަލް ސެންޓަރުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު "މޯލްޑިވްސް ސްޕޯޓްސް އެވޯޑް" ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ އިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުގެ އިތުރުން ކުޅިވަރުގެ އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ.

މިވަގުތު ރާއްޖޭގައި އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ހޭންބޯޅަ އެވެ. އަދި ހޭންބޯޅަ މޯލްޑިވްސް އިން އެކަން ސާބިތުކޮށްދިނީ މިއަހަރުގެ ސްޕޯޓްސް އެވޯޑުގައި ޓީޓީ އަދި ބޮޑީބޯޑިންގ އެސޯސިއޭޝަން ފަހަތައް ޖައްސާލުމަށްފަހު ރާއްޖޭގެ އެއްވަނަ ކުޅިވަރު އެސޯސިއޭޝަންގެ މަގާމު ހާސިލްކޮށްގެންނެވެ.

ވަސީލަތުގެ ގޮތުން އެހެން އެސޯސިއޭޝަންތަކަށް ވުރެ އުނދަގޫ ހާލަތެއްގައި އޮތް ނަމަވެސް ފާއިތުވެދިތަ އަހަރުތަކުގައި ރާއްޖޭގައި މަގުބޫލު ކުޅިވަރަކަށް ހޭންބޯޅަ ހެދުމަށް ރޭވުންތެރިކަމާއެކު ހޭންޑްބޯޅަ އެސޯސިއޭޝަނުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ.

އެގޮތުން ގައުމީ ފެންވަރުގައި އާއި އަތޮޅު ފެންވަރުގައި ކޮންމެ އަހަރަކުވެސް ހޭންޑްބޯޅަ އެސޯސިއޭޝަނުގެ ފުރިހަމަ އެހީތެރިކަމާއި އިރުޝާދުގެ ދަށުން ގިނަ މުބާރާތްތަކެއް ބާއްވަމުން އަންނައިރު، ގައުމީ ޖޫނިއާ ޓީމުތަކާއި ސީނިއާ ޓީމުތައް ސަރަހައްދީ ފެންވަރުގައި އަންނަނީ ވާދަކޮށް ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ.

މީގެ އިތުރުން ހޭންބޯޅަ އެކަޑަމީތަކާއި ކުލަބުތައް ގުޅިގެން ހޭންބޯޅަ ރައީސްގެ ވިޝަން އާއި އެއްގޮތަށް ރާއްޖޭގައި ހޭންބޯޅައިގެ ފޯރި އިތުރުކޮށް މިކުޅިވަރު އިތުރަށް ކުރިއެރުވުމުގެ ގޮތުން ޓެކްނިކަލް އޮފިޝަލުންނާއި ކޯޗުން ތަމްރީނު ކުރުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދައިދިން ފުރުސަތުތަކާއި ކުރެވުނު މަސައްކަތުގެ ނަތީޖާއަކީ ކުރު މުއްދަތެއްގެ ތެރޭގައި މިފަދަ ބޮޑު ކާމިޔާބެއް ލިބުމުގެ އެންމެ ބޮޑު ސިއްރެވެ. އަދި މިކާމިޔާބަކީ ހޭންޑްބޯޅައިގެ އާއި އިން ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

ހޭންޑްބޯޅަ މޯލްޑިވްސްގެ ރައީސް އަހުމަދު މުޖުތަބާ ގާފު ސްޕޯޓްސްއަށް މައުލޫމާތް ދެއްވި ގޮތުގައި އެންމެ ބޮޑު ހިތްހަނަޖެހުމަކީ މިދިޔަ 2023 ވަނަ އަހަރުގެ އެސޯސިއޭޝަންގެ ކަލަންޑަރުގައި ތާވަލު ކުރެވިފައިވާ މުބާރާތްތައް ކާމިޔާބުކަމާއެކު ނިންމާލެވުނުކަން...

"ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން މިދިޔަ އަހަރު ކާމިޔާބުކަމާއެކު ނިންމާލެވުނީ." އޭގެ ތެރޭގައި އެކަޑަމީތަކާއި ކުލަބުތަކުގެ އިތުރުން ޖުމްލަކޮށް ހޭންޑްބޯޅަ އާއިލާ ގުޅިގެން ކުރެވުނު ބުރަ މަސައްކަތްތުގެ ނަތީޖާ މިއީ.. އަދި ހޭންޑްބޯޅަ އާއިލާގެ ފަރާތުން އެސޯސިއޭޝަން ލިބުނު އެހީތެރިކަމާ ދެއްވަމުންދާ އެއްބާރުލުން ފާހަގަކޮށް ވަރަށް އިޚްލާތެރިކަމާއެކު ޝުކުރުދަންނަވަން... މުޖުތަބާ ވިދާޅުވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ