logoEN
cocacola
މިދިޔަ އަހަރުގެ އެންމެ މޮޅު ހޭންބޯޅަ ކުޅުންތިޔާގެ އެވޯޑް އަރުޝާ،އަދި  ޔަޝްމު ހޯދިއިރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ނަޝްފާއަށް

މިދިޔަ އަހަރުގެ އެންމެ މޮޅު ހޭންބޯޅަ ކުޅުންތިޔާގެ އެވޯޑް އަރުޝާ،އަދި ޔަޝްމު ހޯދިއިރު އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ނަޝްފާއަށް

ހަސަން ޝަމްއޫން

logo

10/18/2024, 5:33:46 AM

# ހޭންޑްބޯލް މޯލްޑިވްސް# ދިވެހި ކުޅިވަރު # މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024

ފާތުމަތު އަރުޝާ (ކ)، ނަޝްފާ އާމިރު (މ) އަދި މުހައްމަދު ޔަޝްމު އަހުމަދު (ވ)...

ރާއްޖޭގައި ބާއްވާ އެންމެ ޝަރފްވެރި ކުޅިވަރު އެވޯޑް، މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2024 ގައި މިދިޔަ އަހަރުން އެންމެ މޮޅު އަންހެން ހޭންބޯ ކުޅުންތެރިއަކަށް ފާތުމަތު އަރުޝާ އަދި އެންމެ މޮޅު ފިރިހެން ހޭންބޯ ކުޅުންތެރިއަކަށް މުހައްމަދު ޔަޝްމު އަހުމަދު ހޮވުނުއިރު، މިދިޔައަހަރުގެ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ނަޝްފާ އާމިރު ހޯދައިފިއެވެ.

ގޮސިޔާ

ސޯޝަލް ސެންޓަރުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވުނު "މޯލްޑިވްސް ސްޕޯޓްސް އެވޯޑް" ހަފްލާ ޝަރަފްވެރިކޮށްދެއްވީ ރާއްޖޭގެ އިއްޒައްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި މިހަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފާއި ކުޅިވަރާ ބެހޭ ވަޒީރު، އަބްދުﷲ ރާފިއުގެ އިތުރުން ކުޅިވަރުގެ އިސްވެރިން ބައިވެރިވަޑައިގެންފައިވެއެވެ.

މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން ހޭންޑްބޯޅަ ކުޅުންތެރިއާގެ މަގާމު މުހައްމަދު ޔަޝްމު އަހުމަދު ހޯދީ މުހައްމަދު ފިރުނަސް އަބްދުﷲ އަދި އަބްދުﷲ ޒިޔާއު އާއި ވާދަކޮށް ކުރިހޯދައިގެންނެވެ. އަދި މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ހޭންޑްބޯޅަ ކުޅުންތެރިއާގެ މަގާމު ފާތުމަތު އަރުޝާ ހޯދާފައި ވަނީ ރަފާހާ އިބްރާހިމް އަދި ފާތުމަތު ޖުނާ ފަހަތަށް ޖައްސާލުމަށްފަހު އެވެ.

މީގެ އިތުރުން މިދިޔަ އަހަރުގެ އެންމެ މޮޅު އަންހެން ކޯޗުގެ މަގާމު ތަޖުރިބާކާރު ހޭންޑްބޯޅަ ކޯޗު، ނަޝްފާ އާމިރު ހޯދީ ނެޓްބޯޅަ ކޯޗު އައިޝަތު ލޫނާ މޫސާ، ނެޓްބޯޅަ ކޯޗު ނީޝާ ހަލީމް، ވޮލީބޯޅަ ކޯޗު މުނާ މުނީގެ އިތުރުން، ވޮލީބޯޅަ ކޯޗު މަރިޔަމް ހަލީމް އާއި ވާދަކޮށް ކުރިހޯދައިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ