logoEN
cocacola

ޑަބްލިޔުޑީސީގެ ރައީސާ ޖީޒާ ހަސަން (ކ) އަދި އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ވިސާމް.. ފޮޓޯ: ޑަބްލިޔުޑީސީ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "6 ވަނަ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2024" ގެ ކުޅުން މިރޭ ފަށައިފިއެވެ.

ގޮސިޔާ

މުބާރާތް ފެއްޓުމުގެ ގޮތުން ތިނަދޫ ސިޓީ ހޭންޑްބޯޅަ ކޯޓުގައި މިރޭ ބޭއްވުނު ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ގދ. އަތޮޅު ކޮމާންޓަރު އިންސްޕެކްޓާ އޮފް ޕޮލިސް އަލީ ވަސީމް އެވެ. އަދި މިރަސްމިއްޔާތުގައި ތިނަދޫ ސިޓީގެ ޑެޕިއުޓީ މޭޔަރ ނަސްރުﷲ އަލީ އަދި ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ޖީޒާ ހަސަން ގެ އިތުރުން ޑަބްލިޔުޑީސީ އާއި ސިޓީ ކައުންސިލްގެ މެމްބަރުންނާއި މުބާރާތުގައި ބައިވެރިވި ޓީމުތަކުން ވަނީ ބައިވެރިވެފައެވެ.

2016 ވަނަ އަހަރުން ފެށިގެން ތިނަދޫގައި ބާއްވަމުން އަންނަ މިމުބާރާތަކީ ތިނަދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބީނާކުރުމަށް، ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް ވާދަވެރި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ތިނަދޫ ސިޓީ ޑަބްލިޔުޑީސީ އިން އިންތިޒާމްކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.

އެގޮތުން ޑަބްލިޔުޑީސީގެ ފުރަތަމަ ހަތަރު މުބާރާތް އަންހެން ކަބަލުންނަށް ޚާއްސަ ކުރެވުނު ނަމަވެސް މިދިޔަ އަހަރުން ފެށިގެން މިމުބާރާތުގައި ވަނީ އަންހެން ޑިވިޝަނުގެ އިތުރުން ފިރިހެން ޑިވިޝަން ވެސް ހިމަނާފައެވެ. އަދި މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، އަންހެން ޑިވިޝަނުގައި ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެންޕިއަން ޓީމަށް 20،000، އަންހެން އަދި ފިރިހެން ޑިވިޝަންގެ ރަނަރަޕް ޓީމަށް 15،000 ރުފިޔާ ހުށަހަޅާފައިވައިރު މުބާރާތުގެ ދެ ޑިވިޝަނުގެ މެޗުތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ