logoEN
cocacola
 ހުރަވީ ސްކޫލުގެ ދަރިވަރު ނިޔާވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ އާއިލާއަށް!

ހުރަވީ ސްކޫލުގެ ދަރިވަރު ނިޔާވުމާއި ގުޅިގެން ރައީސްގެ ތައުޒިޔާ އާއިލާއަށް!

އަލްފާ އަލީ

logo

10/17/2024, 8:21:05 AM

# ރައީސް މުއިއްޒު

-

ހުރަވީ ސްކޫލްގައި ތައުލީމް ހާސިލްކުރަމުންދަނިކޮށް މިއަދު ކުއްލިގޮތަކަށް ނިޔާވި ފާޠިމަތު ޝިމާ މުޙައްމަދުގެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

ގޮސިޔާ

ހުރަވީ ސްކޫލުގައި ތައުލީމް ހާސިލްކުރަމުން ދިޔަ ދަރިވަރަކު ކުއްލި ސިއްހީ ހާލަތެއް މެދުވެރިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔައީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އުމުރުން 13 އަހަރުގެ އެކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

"އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ޢުމުރުން 13 އަހަރުގެ އަންހެން ދަރިވަރު ފާޠިމަތު ޝިމާ މުޙައްމަދު، ހުރަވީ ސްކޫލުގައި ތަޢުލީމު ޙާޞިލްކުރަމުން ދަނިކޮށް، ކުއްލި ގޮތަކަށް މިއަދު ނިޔާވި ޚަބަރު އެހީ ނުހަނު ފުން އަސަރާއި ކަންބޮޑުވުމާއިއެކު ކަމަށެވެ.

"ބުވެތި ދަރިވަރުގެ ބެލެނިވެރީންނަށާއި ޢާއިލާއަށް، އަދި ރަޙްމަތްތެރީންނަށާއި އެކުގައި ކިޔަވާ ކުދީންނަށް، އަދި ހުރަވީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށާއި މުވައްޒަފުންނަށް ކުރިމަތިވި މި އުނދަގޫ ވަގުތުގައި ކެތްތެރިކަން މިންވަރުކޮށް ދެއްވުން އެދެން" - ރައީސް މުއިއްޒު

މާތްﷲގެ ތަނަވަސް ރަޙްމަތާއި ނިޢުމަތުގައި، އެ މަޢުޞޫމް ދަރިވަރު ލެހެއްޓެވުން އެދި ރައީސް ވަނީ ދުޢާ ދަންނަވާފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ