logoEN
cocacola
މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މަޝްވަރާކޮށްފި

އަލްފާ އަލީ

logo

10/17/2024, 7:34:42 AM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

-

މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ނިޒާމް އިތުރަށް ހަރުދަނާކުރުމަށްޓަކައި މިއަދު މުހިންމު މަޝްވަރާއެއް ކުރިއަށް ގެންގޮސްފި އެވެ.

ގޮސިޔާ

މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއިބެހޭ ވަޒީރު ޠާރިޤް އިބްރާހީމް އާއި މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލްމަތީންއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ މާލެ ސަރަހައްދުގެ ފެނާއި ނަރުދަމާގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ކަމަށް މޫސުމީބަދަލުތަކާ ބެހޭ ވުޒާރާއިން ބުނެއެވެ. މީގެ އިތުރުން، މިހާރު ކުރިއަށްދާ މަޝްރޫޢުތަކާއި ކުރިއަށް އޮތް ތަނުގައި ރޭވިފައިވާ ތަރައްޤީގެ މަޝްރޫޢުތަކާ ބެހޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެވުނެވެ.

ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މާލެ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދާއިރު، ފެނާއި ނަރުދަމާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އިސް އަމާޒެއް ކަމުގައެވެ. އަދި މި ދާއިރާއިން އެމް.ޑަބްލިއު.އެސް.ސީ އިން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

އެމް.ޑަބްލިއު.އެސް.ސީގެ އެމް.ޑީ ޢަބްދުލްމަތީން ވިދާޅުވީ ކުންފުނިން ގެންގުޅޭ އާ ޓެކްނޮލޮޖީތަކާއި އިންވެސްޓްމަންޓްތަކުގެ ސަބަބުން ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުވަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައިވެސް މި ދާއިރާ ތަރައްޤީކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ