logoEN
cocacola
އައްޑޫއާއި ފުވައްމުލަކުގެ ނޭޗަރ ޕާކު އިތުރަށް ތަރައްޤީކުރަނީ

އައްޑޫއާއި ފުވައްމުލަކުގެ ނޭޗަރ ޕާކު އިތުރަށް ތަރައްޤީކުރަނީ

އަހުމަދު ޝުރާއު

logo

10/9/2024, 5:50:04 PM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ

--

އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކުރުމުގެ މަސައްކަތަށް މަގުފަހިކުރުމަށްޓަކައި އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފިއެވެ.

ގޮސިޔާ

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބުނީ މި އެމް.އޯ.ޔޫގައި ސޮއިކުރީ ސަރުކާރާއި، ޔޫ.އެން.ޑީ.ޕީ އަދި އައްޑޫ ސިޓީ ކައުންސިލާއި ފުވައްމުލަކު ސިޓީ ކައުންސިލުން ކަމަށެވެ.

އެގޮތުން މި މަޝްރޫޢަކީ ގްލޯބަލް ފަންޑް ފޯ ކޯރަލް ރީފްސް (ޖީ.އެފް.ސީ.އާރު) އިން ފަންޑުކޮށްގެން ހިންގާ މޯލްޑިވްސް ޕްރީފް ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. މި މަޝްރޫޢުގެ މަޤްޞަދަކީ އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކު އައުކޮށް، ތަރައްޤީކުރުމެވެ.

މިކަމަށް ޚާއްސަކޮށްގެން މިއަދު ފުވައްމުލަކުގައި ބޭއެްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ ސަބަބުން ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކުރުމުގެ މުހިންމުކަން އިތުރަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ދެ ސިޓީގެ ފަތުރުވެރިކަމަށާއި، ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް ވަޒީރު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން އިތުރަށް ފާހަގަކުރެވި، ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކުރުމަށް މަގުފަހިވެގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ