logoEN
cocacola
ބ. އަތޮޅު ކައުންސިލުން އެއަތޮޅުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުއެއް ފަށައިފި

ބ. އަތޮޅު ކައުންސިލުން އެއަތޮޅުގައި އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއުއެއް ފަށައިފި

އަހުމަދު ޝުރާއު

logo

10/8/2024, 9:43:51 AM

# މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ# ބ އަތޮޅު ކައުންސިލް

--

ބ. އަތޮޅު ކައުންސިލުން އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢު އެއް ފަށައިފި އެވެ.

ގޮސިޔާ

މިއަދު ބ އޭދަފުށީގައި އޮތް ރަސްމިއްޔާތެއްގައި މި މަޝްރޫއު ރަސްމީކޮށް ފައްޓަވާދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއިބެހޭ ވަޒީރު އޮނަރަބަލް ޠާރިޤް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ކައުންސިލްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ބ އަތޮޅު ކައުންސިލުން ބުނާ ގޮތުގައި މި މަޝްރޫޢުގެ ދަށުން، ބ. އަތޮޅުގެ ކޮންމެ ރަށެއްގެ ރަށު ކައުންސިލް އިދާރާގެ ފުރާޅުގައާއި އަތޮޅު ކައުންސިލް އިދާރާގެ ފުރާޅުގައި 15 ކިލޯވޯޓްގެ ސޯލާ ޕީވީ ސިސްޓަމެއް ހަރުކުރެވޭނެއެވެ. މި މަޝްރޫޢަކީ ދިވެހިރާއްޖޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެއް މަސައްކަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ މި މަޝްރޫޢަކީ ތިމާވެށި ރައްކާތެރިކުރުމަށާއި، ކަރަންޓުގެ ޚަރަދު ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ބ. އަތޮޅުގެ ރަށްތަކުގައި ދެމެހެއްޓެނިވި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި މަޝްރޫޢުގެ ސަބަބުން އަތޮޅުގެ ހުރިހާ ރަށެއްގައިވެސް އިޔާދަކުރަނިވި ހަކަތައިގެ ބޭނުން ހިފުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫޢު ނިމުމުން، ބ. އަތޮޅުގެ ރަށްތަކުގައި ކަރަންޓުގެ ޚަރަދު ކުޑަވެ، ތިމާވެއްޓާ ރައްޓެހި ގޮތެއްގައި ހަކަތަ އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ