logoEN
cocacola
ވާދަވެރި ކުޅުމަކަށްފަހު އޭއެސްއެމްއެޗް ބަލިކޮށް އައުޓްލޯޒް އިން ފެށުން ރަނގަޅުކޮށްފި

ވާދަވެރި ކުޅުމަކަށްފަހު އޭއެސްއެމްއެޗް ބަލިކޮށް އައުޓްލޯޒް އިން ފެށުން ރަނގަޅުކޮށްފި

ހަސަން ޝަމްއޫން

logo

10/17/2024, 4:40:41 PM

# އައުޓްލޯޒް# އޭއެސްއެމްއެޗް# ދިވެހި ކުޅިވަރު # ތިނަދޫ ސިޓީ ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯޅަ ޓޯނަމެންޓް 2024# ހޭންޑްބޯލް މޯލްޑިވްސް

އޭއެސްއެމްއެޗް އާއި އައުޓްލޯޒް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ޑަބްލިޔުޑީސީ

ތިނަދޫ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އިން އިންތިޒާމުކޮށްގެން ކުރިޔަށްގެންދާ "6 ވަނަ ހިޔަލަ ހޭންޑްބޯލް ޓޯނަމެންޓް 2024" ގެ ކުޅުން މިރޭ ފެށިއިރު، މުބާރާތުގެ އަންހެން ޑިވިޝަން ފުރަތަމަ މެޗުގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އާއި އައުޓްލޯޒް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 6-9 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އައުޓްލޯޒް އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފިއެވެ.

ގޮސިޔާ

މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ އައުޓްލޯޒް އިން މެޗު ޑޮމިނޭޓްކުރިއިރު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ހަތަރު ލަނޑުގެ ލީޑަކާއެކު 6-2 ގެ ނަތީޖާއަކުން އައުޓްލޯޒް ކުރީގައި އޮވެގެންނެވެ.

ނަމަވެސް މެޗުގެ ދެވަނަ ހާފުގައި އޭއެސްއެމްއެޗުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އޭއެސްއެމްއެޗުން އިތުރު ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އައުޓްލޯޒުން ވެސް ވަނީ އިތުރު ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އައުޓްލޯޒްގެ ފާތިމަތު ނިއުޝާ އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން ޑިވިޝަނުގައި ފަސް ޓީމެއް ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް (އޭއެސްއެމްއެޗް) އާއި އައުޓްލޯޒްގެ އިތުރުން ދެން ހިމެނެނީ ފިޓް ފެމިނިން، ޑީއާރުސީ އަދި ކުލަބު ވެމްކޯ އެވެ.

ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ، މިމުބާރާތުގެ އަންހެން ޑިވިޝަން މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ. މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ