logoEN
cocacola
އިމިގްރޭޝަން ވޮޗް : އެންމެ ގިނައިން ހުށަހެޅީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ!

އިމިގްރޭޝަން ވޮޗް : އެންމެ ގިނައިން ހުށަހެޅީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ!

# މޯލްޑިވްސް އިމިގްރޭޝަން

-

އިމިގްރޭޝަނާ ގުޅުންހުރި މައްސަލަ ރިޕޯޓްކުރުމަށް ޚާއްސަ ކުރި "އިމިގްރޭޝަން ވޮޗް"އަށް މިހާތަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ގަވާއިދާހިލާފަށް ވިޔަފާރިކުރަމުންދާ ބިދޭސީންގެ މައްސަލަތައް ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގޮސިޔާ

އިމިގްރޭޝަނުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު, 17 ޖުލައި އިން ފެށިގެން 15 އޮކްޓޯބަރ ގެ ނިޔަލަށް "އިމިގްރޭޝަން ވޮޗް" އަށް ޖުމްލަ840 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން އެންމެ ގިނައިން ހުށަހަޅާފައިވަނީ ގަވާއިދާ ހިލާފަސް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަ އާއި ވޯކް ވިސާ އާ ހިލާފުވެފައިވާ ބިދޭސީންގެ މައްސަލަތަކެވެ.

އިމިގްރޭޝަން ވޮޗް އަށް ހުށަހެޅުން މައްސަލަތަކުގެ ތެރެއިން އެޓެންޑްވި މައްސަލަތައް:

  1. ގަވާއިދާ ހިލާފަށް ވިޔަފާރިކުރުން - 221
  2. ވޯކް ވިސާއާ ހިލާފުވުން - 206
  3. ހަށިވިއްކުން - 50
  4. ގެއްލިގެން ހޯދަމުންދާ މީހުން -32
  5. ޓޫރިސްޓް ވިސާއާ ހިލާފުވުން - 10
  6. ވަޒީފާދޭ ފަރާތުގެ އެއްބަސްވުމާ ހިލާފުވުން - 9
  7. ޑްރަގް ޓްރެފިކިންގ - 9
  8. ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރުން - 7
  9. އިންސާނީ ވަގުފާރި - 7
  10. ބޯޑަރ އިންޓެލިޖެންސް - 3
  11. ވަގު ލިޔެކިޔުން ބޭނުންކުރުން - 2
  12. އެހެނިހެން - 40

އިމިގްރޭޝަން ވޮޗް އަށް ހުށަހެޅުނު 840 މައްސަލައިގެ ތެރެއިން 596 ކޭސްއަކަށް އިމިގްރޭޝަނުން ވަނީ އެޓެންޑްވެފައެވެ. އަދި ގުޅުންނެތް 174 މަައްސަލައެއް ފާހަގަވެފައިވާއިރު އިތުރު 70 މައްސަލަ ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

"އިމިގްރޭޝަން ވޮޗް" އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެ ޕްލެޓް ފޯމެެކެވެ. އެގޮތުން، މި ޕްލެޓްފޯމުން ކޮންމެ ފަރާތަަކަށްވެސް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ނޫނީ ރާއްޖެއަށް ވަގަށް އެތެރެވާން މަސައްކަތް ކުރާ ބިދޭސީއެއްގެ މައުލޫމާތުވެސް ހިއްސާ ކުރެވޭނެއެވެ.

މިޕްލެޓްފޯމް ބޭނުންކޮށްގެން އަމިއްލަ އައިޑެންޓިޓީ ހާމަނުކޮށް، "އެނޮނިމަސް" ކޮށްވެސް ރިޕޯޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އިމިގްރޭޝަނާއި، އާންމުން ގުޅިގެން ވަރަށް ފުރިހަމަ މަސައްކަތްތަކެއް ކުރެވިދާނެ ފުރުސަތުތައް ލިބިގެންދާނެ ކަމަށް އިމިގްރޭޝަން ދެކެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ