logoEN
cocacola
އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވައިފި

އަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވައިފި

އަހުމަދު ޝުރާއު

logo

10/9/2024, 11:32:43 AM

# މޯލްޑިވްސް އިމިގްރޭޝަން

--

މިއަހަރުގެ މިހާތަނަށް އޮޅުވާލައިގެން ރާއްޖެއަށް ވައިގެ މަގުން ވަންނަން އުޅުނު 45 މީހަކު ހުއްޓުވާފައިވާކަން މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ގޮސިޔާ

އިމިގްރޭޝަނުން ވަނީ މިއަހަރުގެ ނިމުނު ތިން ކުއާޓަރުގެ ތަފާސްހިސާބުތައް އާންމުކުރައްވާފައެވެ. އެ ހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ރާާއްޖެއަށް އެތެރެވާން މަސައްކަތް ކުރި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ހުއްޓުވާފައިވަނީ އަހަރުގެ ތިންވަނަ ކުއާޓަރުގައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޮޅުވާލައިގެން ވައިގެމަގުން ރާއްޖެއަށް އެތެރެވާން އުޅުނު ޖުމްލަ 45 މީހުން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވަނީ ހުއްޓުވާފައެވެ. އެއީ ފުރަތަމަ ކުއާޓަރުގައި 8 މީހުންނާއި ދެވަނަ ކުއާޓަރުގައި 17 މީހުން އަދި ތިންވަނަ ކުއާޓަރުގައި 20 މީހުންނެވެ.

ބޯޑަރ ކޮންޓްރޯލްގެ ކަންކަން ވަރުގަދަކުރުމަށް އިމިގްރޭޝަނުން މަސައްކަތް ކުރަމުން އަންނައިރު މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން އޮޅުވާލައިގެން ރާއްޖެއަށް އެތެރެވާން އުޅުނު 50 މީހުން ހުއްޓުވާފައިވާ ކަމަށްވެސް އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކައެވެ.

17 ނޮވެމްބަރ 2023 އިން ސެޕްޓެމްބަރު 2024ގެ ނިޔަލަށް ފާހަގަކުރެވުނު މައްސަލަތައް:

• ފޭކު ރެސިޑެންޓް ކާޑު: 1

• ފޭކު ޕާސްޕޯޓު: 31

• ފޯޖުކޮށްފައިވާ ޕާސްޕޯޓު: 1

• ވުޖޫދުގައި ނެތް ޤައުމެއްގެ ޕާސްޕޯޓު: 1

• ފޭކު އައިޑީ: 2

• ޝަހްސު އޮޅުވާލުން: 5

• ފޭކު ސްޓޭމްޕް: 4

• ފޭކު ވިސާ: 2

• ޕާސްޕޯޓުގައި ފޭކު ބައޯ ޕޭޖު ބޭނުންކުރުން: 3

މަޢުލޫމާތު އޮޅުވައިގެން ރާއްޖެއަށް އެތެރެވާން މަސައްކަތް ކުރާ މީހުން ދެނެގަނެ އެ މީހުން ހުއްޓުވުމަށް އިމިގްރޭޝަނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ