logoEN
cocacola
ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި 9 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

އަހުމަދު ޝުރާއު

logo

10/13/2024, 11:35:15 AM

# މޯލްޑިވްސް އިމިގްރޭޝަން

--

ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ 9 ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ގޮސިޔާ

މި މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި ކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

ހުޅުމާލޭގައި ކުރިއަށްގެންދިޔަ ރެއިޑެއްގައި 10 ތަނެއް ބަލައި ފާސްކޮށް 9 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މީހުން ރާއްޖޭގައި އުޅެމުންދިޔައީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް ކަމަށެވެ.

އިމިގްރޭޝަނުން ވިދާޅުވީ، މި މަސައްކަތް ކޮންމެވެސް ވަރަކަށް މަޑު ޖައްސާލަންޖެހުނީ ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގައި ހުރި ޖާގަތައް ފުރިގެން ކަމަށެވެ. އެއީ 200 މީހުންގެ ޖާގައިގެ ތަނެއްކަމުން މީގެކުރިން ހިންގި އެކި އޮޕަރޭޝަނުގައި އެ ޢަދަދަށް މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވުމާއި ގުޅިގެން އެމީހުން ފުރުވާލެވެންދެން އޮޕަރޭޝަން ކޮންމެވެސް ވަރަކަށް މަޑުޖައްސާލީ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިވަގުތު ޑިޓެންޝަން ސެންޓަރުގައި 155 ބިދޭސީން އެބަތިބިކަމަށް އިމްގްރޭޝަނުން މަޢުލޫމާތު ދެއްވައެވެ. އަދި ބިދޭސީންގެ ތެރެއިން ލިޔެކިޔުން ހަމަވެ ޓިކެޓު ހަމަޖެހެމުންދާ ނިސްބަތުން އެމީހުންގެ ޤައުމަށް ފުރުވަމުންދާނެކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 17ވަނަ ދުވަހާއި ހަމައަށް ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅުނު 4054 ބިދޭސީން ވަނީ އަނބުރާ އެ މީހެއްގެ ޤައުމަށް ފޮނުވާލާފައެވެ. މިގޮތުން އެންމެ ގިނަ އަދަދެއްގެ ބިދޭސީން ފޮނުވާލާފައިވަނީ މިއަހަރުގެ ޖޫން މަހުގައެވެ.

އިމިގްރޭޝަނުން ޑީޕޯޓްކުރި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ހިލާފަށް ވިޔަފާރިކުރާ މީހުންނާއި، ލިޔެކިޔުން ފުރިހަމަނުކޮށް އުޅޭ މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. އަދި އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއްވެސް ވަނީ ފަށާފައެވެ.

މި އޮޕަރޭޝަންގެ މަޤްސަދަކީ ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދައި، އާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލްވާ ފަރާތްތަކަށް އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ