logoEN
cocacola
ޔަހޫދީންގެ ހަމަލާއެއްގައި ލުބުނާނުގެ ސިޓީއެއްގެ މޭޔަރު އަވަހާރަކޮށްލައިފި

ޔަހޫދީންގެ ހަމަލާއެއްގައި ލުބުނާނުގެ ސިޓީއެއްގެ މޭޔަރު އަވަހާރަކޮށްލައިފި

އަހުމަދު ޝުރާއު

logo

10/16/2024, 10:24:11 AM

# ލުބުނާން - އިސްރާއިލް

ޔަހޫދީ އިޒްރޭލުން ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތަކުގައި މިއަދު އެގައުމުގެ ސިޓީއަކަށް ވަރުގަދަ ހަމަލާއެއްދީ އެސިޓީގެ މޭޔަރު ހިމެނޭހެން 5 މީހަކު ޝަހީދުކޮށްލައިފި އެވެ.

ގޮސިޔާ

ލުބުނާނުގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ ލުބުނާނުގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ނަބަތީހުގެ މުނިސިޕަލް އިމާރާތަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި ފަސް މީހަކު ޝަހީދުވެފައިވާ ކަމަށެވެ.

ޝަހީދުވި މީހުންގެ ތެރޭގައި އެ ސިޓީގެ މޭޔަރު ވެސް ހިމެނޭ ކަމަށް އެ ސަރަހައްދުގެ ގަވަރުނަރު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ނަބަތީހް ސަރަހައްދުގައި ހުރި ހިޒްބުالله އިންފްރާސްޓްރަކްޗާގެ އެތައް އަމާޒަކަށް ހަމަލާދީ "އަންޑަގްރައުންޑް އިންފްރާސްޓްރަކްޗާ" ގެ ގޮތުގައި ސިފަކުރާ ތަންތަން ނައްތާލާފައިވާ ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ