logoEN
cocacola
ިއިޒްރޭލަށް ވަރުގަދަ ޑްރޯން ހަމަލާއެއް, 67 ޔަހޫދީއަކު ޒަހަމްކޮށްލައިފި

ިއިޒްރޭލަށް ވަރުގަދަ ޑްރޯން ހަމަލާއެއް, 67 ޔަހޫދީއަކު ޒަހަމްކޮށްލައިފި

އަހުމަދު ޝުރާއު

logo

10/13/2024, 7:15:53 PM

# ލުބުނާން - އިސްރާއިލް

ހިޒްބުالله އިން އިޒްރޭލަށް އަމާޒުކޮށް ފޮނުވާލި ޑްރޯން ހަމަލާއެއްގައި ގިނަ އަދަދެއްގެ ޔަހޫދީން ޒަހަމްވެއްޖެ އެވެ.

ގޮސިޔާ

އިސްރާއީލުގެ އުތުރުގައި ދިން ޑްރޯން ހަމަލާއެއްގައި 67 މީހުން ޒަޚަމްވެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ދަނީ ރިޕޯޓް ކުރަމުންނެވެ.

މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އައްސޭރިފަށުގެ ހައިފާ އާއި ތެލްއަވީވްއާ ދެމެދު އޮންނަ ބިންޔާމިނާ އަވަށަށެވެ.

ހިޒްބުالله އިން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، އެ ޖަމާއަތުން ވަނީ ބިންޔާމިނާގައި ހުންނަ އިސްރާއީލުގެ އަސްކަރީ ތަމްރީނު ކޭމްޕަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން މި ހާދިސާގެ އެއްވެސް ތަފްސީލެއް ހާމަނުކުރާއިރު، ލުބުނާނުން ލޯންޗްކުރި އިންސާނުން ނެތް ވައިގެ އުޅަނދެއް "ހުއްޓުވާފައި" ކަމަށް ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވެއެވެ.

ޑްރޯން ހުއްޓުވީ ކޮން ތަނަކުން ކަމެއް އައިޑީއެފްއިން ހާމަކޮށްފައި ނުވި ނަމަވެސް ކުރު ބަޔާނެއް އައިޑީއެފްއިން ނެރުނީ ހައިފާގެ ދެކުނުގައި އޮންނަ ބިންޔާމިނާގައި ހުންނަ ގޯލާނީ ޓްރެއިނިން ކޭމްޕަކަށް ހަމަލާ ދިން ކަމަށް ހިޒްބުالله އިން ބުނުމާ ގުޅިގެންނެވެ.

ގޯލާނީ ބްރިގޭޑަކީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވަމުން އަންނަ އައިޑީއެފްގެ އިންފެންޓްރީ ޔުނިޓެކެވެ.

ހިޒްބުاللهއިން ބުނާ ގޮތުގައި އިޒްރޭލަށް ދިން ހަމަލާއަކީ އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި މިއަދު 22 މީހުން ޝަހީދުވެ 117 މީހުން ޒަޚަމްވުމާ ގުޅިގެން ދިން ހަމަލާއެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ