ހިޒްބުاللهއާއި ޔަހޫދީ ސިފައިންނާއި ދެމެދު ހިނގި ބޮޑު ކުރިމަތިލުން : ޔަހޫދީ 5 ސިފައިން މަރާލައިފި
# ލުބުނާން - އިސްރާއިލްހިޒްބުاللهއާއި ޔަހޫދީ ސިފައިންނާއި ދެމެދު މިއަދު ހިނގި ބޮޑު ކުރިމަތިލުންތަކުގައި ޔަހޫދީ 5 ސިފައިން މަރާލައިފި އެވެ.

އިޒްރޭލު މީޑިއާތަކުން މިއަދު ބުނީ ލުބުނާނުގެ ދެކުނުގައި މިއަދު ހެނދުނު ހިނގި ކުރިމަތިލުންތަކުގައި ހިޒްބުالله އިން ދިން އާދަޔާ ހިލާފަށް ވަރުގަދަ ހަމަލާތަކުގައި ޔަހޫދީ 5 ސިފައިން މަރާލާފައިވާ ކަމަށެވެ.
އަދި މި ހަމަލާތަކުގައި ގާތްގަނޑަކަށް 25 ވަރަކަށް ޔަހޫދީ ސިފައިން ޒަހަމްވެފައިވާ ކަމަށާއި އެ މީހުން އިޒްރޭލުގެ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށްވެސް ވަނީ ބުނެފައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ ލުބުނާނު ހަނގުރާމާގެ ތެރެއިން އެއް ދުވަހެއްގެ ތެރޭގައި ޔަހޫދީ ސިފައިންނަށް އެއްގަމުމަގުން ހިޒްބުاللهއިން ދިން އެންމެ ވަރުގަދަ އަދި ކާމިޔާބު ހަމަލާއެވެ.
މި ހަމަލާ ބަދަލުކުރުންތައް ހިނގާފައިވަނީ ކްފަރު ކިލާ އާއި އޮދައިސޭހް ފަދަ މައިގަނޑު ތިން ސަރަޙައްދެއްގައިކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެއެވެ.
ރިޕޯޓުތައް ބުނާގޮތުގައި ހިޒްބުالله-އިޒްރޭލު ކުރިމަތިލުންތަކުގައި، އިޒްރޭލު ސިފައިންނަށް މާބޮޑު ކުރިއެރުންތަކެއް ލިބެމުން ނުދެއެވެ ނަމަވެސް އިޒްރޭލަށް އަދިވެސް ވައިގެ ހަަމަލާތަކުގެ ބާރު ލިބިފައިވާ އިރު، ބޮމުގެ ހަމަލާ ދިނުން ހުއްޓުމެއްނެތި މިހާރުވެސް ކުރިޔަށް އެބަދެ އެވެ.
މިއަދުވެސް ޔަހޫދީން ވަނީ ލުބުނާނުގެ އައިތާ އަލް ޝާބް އަވަށާއި ނަބަތީހުގެ މާރުކޭޓަށް ބޮޑެތި ހަމަލާތަކެއް ދީފައިވެ އެވެ.
ގުޅުންހުރި

ޔޫކްރެއިން އެމްބަސީގައި ހިމާޔަތް ހޯދަމުންދާ މޮސާޑުގެ އޭޖެންޓު ސަލާމަތީ ބާރުތަކާއި ހަވާލުކުރަން ލުބުނާނުން އަންގައިފި

ލުބުނާނުގައި ހަރަކާތްތެރިވަމުންދިޔަ އދ.ގެ ސުލްހަ ބަލަހައްޓާ އިތުރު 2 ސިފައިން މަރުވެއްޖެ: ތުހުމަތު އިޒްރޭލަށް!

އެއްބަސްވުމާއި ހިލާފުވެ ޔަހޫދީން ލުބުނާނުގެ ވެރިރަށަށް ވަރުގަދަ ހަމަލާތަކެއް ދީފި

.gif&w=3840&q=75)


