
ހިޒްބުاللهއާ ޔަހޫދީ ސިފައިންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތަކެއް, އެއް ދުވަހުން އެންމެ ގިނަ ޔަހޫދީ ސިފައިން ޒަހަމްކޮށްލި ފަހަރު!
# ލުބުނާން - އިސްރާއިލްހިޒްބުالله އާއި އިޒްރޭލު ސިފައިންނާއި ދެމެދު މިއަދު ބޮޑެތި ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށް އިޒްރޭލު މީޑިއާތަކުން ބުނެފި އެވެ.

އިޒްރޭލު މީޑިއާތަކުން މިއަދު ބުނީ ލުބުނާނުގެ ދެކުނުގައި މިއަދު ހެނދުނު ހިނގި ކުރިމަތިލުންތަކުގައި ގާތްގަނޑަކަށް 25 ވަރަކަށް ޔަހޫދީ ސިފައިން ޒަހަމްވެފައިވާ ކަމަށާއި އެ މީހުން އިޒްރޭލުގެ ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ ލުބުނާނު ހަނގުރާމާގެ ތެރެއިން އެއް ދުވަހެއްގެ ތެރޭގައި ޔަހޫދީން މިހާ ގިނަ ސިފައިންތަކެއް ޒަހަމްކޮށްލި ފަހަރެވެ.
މި ހަމަލާ ބަދަލުކުރުންތައް ހިނގާފައިވަނީ ކްފަރު ކިލާ އާއި އޮދައިސޭހް ފަދަ މައިގަނޑު ތިން ސަރަޙައްދެއްގައިކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެއެވެ.,
ރިޕޯޓުތައް ބުނާގޮތުގައި ހިޒްބުالله-އިޒްރޭލު ކުރިމަތިލުންތަކުގައި، އިޒްރޭލު ސިފައިންނަށް މާބޮޑު ކުރިއެރުންތަކެއް ލިބެމުން ނުދެއެވެ ނަމަވެސް އިޒްރޭލަށް އަދިވެސް ވައިގެ ހަަމަލާތަކުގެ ބާރު ލިބިފައިވާ އިރު، ބޮމުގެ ހަމަލާ ދިނުން ހުއްޓުމެއްނެތި މިހާރުވެސް ކުރިޔަށް އެބަދެ އެވެ.
މިއަދުވެސް ޔަހޫދީން ވަނީ ލުބުނާނުގެ އައިތާ އަލް ޝާބް އަވަށާއި ނަބަތީހުގެ މާރުކޭޓަށް ބޮޑެތި ހަމަލާތަކެއް ދީފައިވެ އެވެ.
ގުޅުންހުރި

ލުބުނާނާއި އިޒްރޭލާއި ދެމެދު ހަމަލާބަދަލުކުރުންތައް މިރޭ ހުއްޓާލާނެ ކަމުގެ އިޝާރާތެއް!

ޔޫކްރެއިން އެމްބަސީގައި ހިމާޔަތް ހޯދަމުންދާ މޮސާޑުގެ އޭޖެންޓު ސަލާމަތީ ބާރުތަކާއި ހަވާލުކުރަން ލުބުނާނުން އަންގައިފި

ލުބުނާނުގައި ހަރަކާތްތެރިވަމުންދިޔަ އދ.ގެ ސުލްހަ ބަލަހައްޓާ އިތުރު 2 ސިފައިން މަރުވެއްޖެ: ތުހުމަތު އިޒްރޭލަށް!




