logoEN
Sto top
'ދަނޑުވެރިޔާ' އެޕްލިކޭޝަން އިފްތިތާޙުކޮށްފި

'ދަނޑުވެރިޔާ' އެޕްލިކޭޝަން އިފްތިތާޙުކޮށްފި

އަލްފާ އަލީ

logo

10/15/2024, 12:18:11 PM

# ދަނޑުވެރިކަން

-

ދަނޑުވެރިންނަށް ފަންނީ މަޢުލޫމާތު ފޯރުކޮށްދިނުމަށާއި އެފަރާތްތަކުން އުފައްދާ ތަކެތި މާކެޓްކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން "ދަނޑުވެރިޔާ" ގެ ނަމުގައި އެޕްލިކޭޝަނެއް މިއަދު އިފްތިތާޙުކޮށްފިއެވެ.

Wamco

މި އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މަޙްމޫދު ޝައުޤީއެވެ. މިއީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރއިން ބޭއްވި ޚާއްޞަ ޕެނަލް ޑިސްކަޝަން ފެށުމުގެ ރަސްމިއްޔާތުގައެވެ.

މި އެޕްލިކޭޝަނަކީ އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (IFAD)ގެ އެހީގައި މިނިސްޓްރީން ކުރިއަށްގެންދާ މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގްރާމް (MAP) ޕްރޮޖެކްޓުގެ ދަށުން ސޮލިޓެއަރ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކޮށްގެން ތައްޔާރުކުރި އެޕްލިކޭޝަނެކެވެ. މިއީ 2023 ވަނަ އަހަރު FAO ގެ އެހީގައި އުފައްދާފައިވާ ވެބް އެޕްލިކޭޝަންގެ ކޮމްޕޯނަންޓްތައް އިތުރަށް ތަރައްޤީކޮށް، މޮބައިލް ފޯނުން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މިހާރު އިފްތިތާޙުކޮށްފައިވާ އެޕްލިކޭޝަނުން ލިބެން ހުންނާނީ ފަންނީ މަޢުލޫމާތާއި ކްރޮޕް ޕްލޭނަރގެ ޚިދުމަތެވެ. ނަމަވެސް، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް އެޕްލިކޭޝަން އެއްކޮށް ނިންމުމަށް ވަނީ ރޭވިފައެވެ. އޭރުން ފަންނީ މަޢުލޫމާތާއި ކްރޮޕް ޕްލޭނަރގެ އިތުރުން، ދަނޑުވެރިކަމުގެ މައްސަލަތަކާ ގުޅޭ ފޯރަމްއަކާއި، އުފެއްދުންތައް ވިއްކުމަށް މާކެޓް ޕްލެޓްފޯމެއް، އަދި ބާޒާރުގެ އަގުތަކަށް އަންނަ ބަދަލުތައް ޙިއްޞާކުރާނެ ކޮމްޕޯނަންޓެއް ހިމެނޭނެއެވެ.

E living
ކޮމެންޓް
E living
ފަހުގެ
HDC