logoEN
cocacola
ޓީޖީއެސްޓީ ބޮޑުކުރާ ބިލްގެ ބަހުސް ނިންމާލައި ކޮމެޓީއަށް ފޮނުވައިފި

ޓީޖީއެސްޓީ ބޮޑުކުރާ ބިލްގެ ބަހުސް ނިންމާލައި ކޮމެޓީއަށް ފޮނުވައިފި

އަލްފާ އަލީ

logo

10/15/2024, 10:47:17 AM

# ރައްޔިތުންގެ މަޖިލިސް

-

ޓީޖީއެސްޓީ ބޮޑު ކުރަން ރަައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލުގެ ބަހުސް ނިންމައި، މުޅި މަޖިލީހުގެ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

ގޮސިޔާ

ފަތުރުވެރިކަމުގެ ދާއިރާ އިން ނަގަމުން އަންނަ ޓީޖީއެސްޓީ %17 އަށް ބޮޑުކުރަން ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅުއްވީ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް އެވެ. މި ބިލަށް ބަހުސް ކުރުން މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބިލު ބަލައިގަތުމަށް ވޯޓަށް އެހުމުން 52 މެންބަރުން ވަނީ އެއްކޮޅަށް ވޯޓު ދެއްވާފައެވެ. އަދި 7 މެމްބަރަކު ވަނީ ދެކޮޅަށް ވޯޓު ދެއްވާފައެވެ. އެއާއެކު މި ބިލް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމެޓީއަށް މިއަދު ވަނީ ފޮނުވާފައެވެ.

މި ބިލްގައި ވާގޮތުން ޓީ ޖީއެސްޓީގެ ގޮތުގައި މިހާރު ނަގަމުން އަންނަ %16 އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން %17 އަށް ބޮޑުވާނެ އެވެ. މިއާއެކު ދައުލަތުގެ އާމްދަނީއަށް 201.9 މިލިއަން ރުފިޔާގެ އިތުރުވުމެއް އަންނާނެކަމަށް ސަރުކާރުން ބުނެއެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ