logoEN
cocacola
މުރައިދޫގޭ މުވައްޒަފުންގެ އަދަދާ ގުޅޭ 241 ކޮމިޓީ ސިއްރުކޮށްފި

މުރައިދޫގޭ މުވައްޒަފުންގެ އަދަދާ ގުޅޭ 241 ކޮމިޓީ ސިއްރުކޮށްފި

އަލްފާ އަލީ

logo

10/14/2024, 8:52:52 AM

# މުރައިދޫގެ# ރައްޔިތުންގެ މަޖިލިސް

-

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް އެދި ހުށަހަޅާ މައްސަލައިގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން ބޭއްވި ބައްދަލުވުން ސިއްރުކޮށްފިއެވެ.

ގޮސިޔާ

ކޮމިޓީ ބައްދަލުވުން މިއަދު ހެނދުނު ފެށުމާއެކު، ކޮމިޓީ ބައްދަލުވުން ސިއްރު ކުރަން ހުށަހެޅުއްވީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހުއެވެ. މި ހުށަހެޅުމަށް ތާއީދުކުރެއްވީ ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް, އަބްދުއްރަހީމް އަބްދުالله މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވީ, ޖުލައި 26، ގައެވެ. މުރައިދޫގޭގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އަދި ޑިރެކްޓަރު ޖެނެރަލްގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ އައްޔަންކޮށްފައެވެ.

މި ދެބޭފުޅުންގެ އިތުރުން ދެން އައްޔަންކުރެއްވި މަގާމުތަކާއި އަދި މުސާރައިގެން ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.

މުރައިދޫގެ އަކީ ގާނޫނުން، މަޖިލީހުގެ ރައީސްއަށް ހާއްސަކޮށް ގެކޮޅެއް ހުންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާތީ މަޖިލިސް ރައީސް ހުންނެވުމަށް ހަމަޖެއްސި ރަސްމީ ގެކޮޅެވެ. ދައުލަތުގެ ތިން ބާރުގެ ވެރިންނަށް ރަސްމީ ދެކޮޅު ހަމަޖައްސަން ގާނޫނުގައި ހިމަނާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލަން ބޮމުގެ ހަމަލާއެއް ދިނުމާ ގުޅިގެންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ