logoEN
cocacola
8 ޓީމާއެކު ތިނަދޫ ސިޓީ ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

8 ޓީމާއެކު ތިނަދޫ ސިޓީ ޑަބްލިޔުޑީސީ ހޭންޑްބޯޅަ މުބާރާތް ބުރާސްފަތި ދުވަހު ފަށަނީ

ހަސަން ޝަމްއޫން

logo

10/15/2024, 8:22:04 AM

# ހަވަނަ ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުލިވަރު

2023 ވަނަ އަހަރު ތިނަދޫގައި ބޭއްވުނު ހިޔަލަ ހޭންޑްބޯޅަ މުބާރާތުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް

"6 ވަނަ ތިނަދޫ ސިޓީ، ޑަބްލިޔުޑީސީ ހިޔަލަ ހޭންޑްބޯޅަ މުބާރާތް 2024" ގައި މިއަހަރު އަށް ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.

ގޮސިޔާ

2016 ވަނަ އަހަރުން ފެށިގެން ތިނަދޫގައި ބާއްވަމުން އަންނަ މިމުބާރާތަކީ ތިނަދޫގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ދުޅަހެޔޮ މުޖުތަމައެއް ބީނާކުރުމަށް، ކުޅިވަރުގެ ތެރެއިން ޒުވާނުންނަށް ވާދަވެރި ފުރުސަތުތަކެއް ހޯދައިދިނުމުގެ މަގުސަދުގައި ތިނަދޫ ސިޓީ ޑަބްލިޔުޑީސީ އިން އިންތިޒާމްކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ.

އެގޮތުން ޑަބްލިޔުޑީސީގެ ފުރަތަމަ ހަތަރު މުބާރާތް އަންހެން ކަބަލުންނަށް ޚާއްސަ ކުރެވުނު ނަމަވެސް މިދިޔަ އަހަރުން ފެށިގެން މިމުބާރާތުގައި ވަނީ އަންހެން ޑިވިޝަނުގެ އިތުރުން ފިރިހެން ޑިވިޝަން ވެސް ހިމަނާފައެވެ. އަދި މިއަހަރުގެ މުބާރާތުގެ ފިރިހެން ޑިވިޝަނުގައި ތިން ޓީމަކުން ބައިވެރިވެފައިވާއިރު، އަންހެން ޑިވިޝަނުގައި ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ.

17 އޮޓޯބަރު 2024 އިން 24 އޮކްޓޮބަރު 2024 ގެ ނިޔަލަށް ތިނަދޫ ސިޓީ ހޭންބޯޅަ ކޯޓުގައި ކުރިއަށްދާ މި މުބާރާތުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ ޗެންޕިއަން ޓީމަށް 20،000 އަދި އަންހެން އަދި ފިރިހެން ޑިވިޝަންގެ ރަނަރަޕް ޓީމަށް 15،000 ރުފިޔާ ހުށަހަޅާފައިވައިރު މުބާރާތުގެ ދެ ޑިވިޝަނުގެ މެޗުތައްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްފަހަރު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު މުބާރާތުގެ ފައިނަލަށް ހޮވޭގޮތަށެވެ.

މީގެ އިތުރުން މިއަހަރުގެ މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ތިނަދޫ ސިޓީ ކައުންސިލް އަދި ތިނަދޫ ސިޓީ ސްޓޭޑިއަމްގެ އިތުރުން އޭއެސްއެމްއެޗް ރެކްރިއޭޝަން ކުލަބު ހަމަޖައްސާފައިވާއިރު، މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު އެވެ. އަދި ބެވެރޭޖް ޕާޓްނަރަކީ ވޯޓާ ޑެކް އެވެ. އަދި މީގެ އިތުރުން މުބާރާތުގެ ބްރޭންޑިންގ އެންޑް ފޮޓޯގްރަފީގެ ގޮތުގައި ރާޅު އާޓްސް އެންޑް ޑިޒައިން ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ