
ްއެއާޕޯޓް ލަގެޖް ވެހިކަލް ދުއްވަން އިން މީހަކު ކުއްލިގޮތަކަށް ނިޔާވެއްޖެ
# ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު# ފުލުހުން# އެމްއޭސީއެލް-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ލަޖެގް ވެހިކަލް ދުއްވަން އިން މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ, އެއާޕޯޓު ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް އޭޕްރަން ސަރަހައްދުގެ ލައިޓާއި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗާގެ ބުޑުގަނޑުގައި ޖެހިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓު ހިނގުމާ އެކު ވެހިކަލް ދުއްވަން އިން މީހާ އެއާޕޯޓުގެ ކްލިނިކަށް ގެންދިޔަ ކަމަށާއި އޭގެ ފަހުން އޭނާ އައިޖީއެމްއެޗަށް ވެސް ގެންގޮަސްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ. ކްލިނިކަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ހާދިސާގައި ނިޔާވެފައި ވަނީ 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ފުލުހުން ވިދާޅުވީ ސްޓްރަކްޗާގައި ވެހިކަލް ޖެހިފައި ވަނީ އެ މީހާއަަށް ސިއްހީ މައްސަލައެެއް މެދުވެރިވެގެން ކަމަަށް ބެލެވޭ ކަމަށެވެ.
ގުޅުންހުރި

ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެމީހުން ހޯދުމުގެ މަސައްކަތް ކުރިޔަށް!

ޕްރައިމް ގުދަނުގައި ރޯވުން: އެ ސަރަހައްދުގައި ދިރިއުޅޭ 77 މީހަކަށް ވަގުތީ ބޯހިޔާވަހިކަން!

ސްޕެޝަލް ކޮންސްޓަބުލަރީ އަސާސީ ތަމްރީނު ކޯސް 16 ފުލުހެއް ފުރިހަމަކޮށްފި

.gif&w=3840&q=75)



