logoEN
cocacola
ރާއްޖޭގައި ވޭޕް ކުރުން މަނާކުރަން ރައީސް މުއިއްޒު ނިންމަވައިފި

ރާއްޖޭގައި ވޭޕް ކުރުން މަނާކުރަން ރައީސް މުއިއްޒު ނިންމަވައިފި

އަހުމަދު ޝުރާއު

logo

10/14/2024, 12:41:44 PM

# ރައީސް މުއިއްޒު

ރާއްޖޭގައި ވޭޕް ގެންގުޅުމާއި އެތަކެތީގެ ވިޔަފާރި ކުރުން މަނާކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ގޮސިޔާ

ރައީސް މިކަން އިއުލާނުކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

އެގޮތުން ރައީސް ވިދާޅުވީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާ ކުރުމަށާއި، ދިވެހިރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށެވެ.

މިގޮތުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން މަނާކުރަން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

އަދި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން މަނާކުރުމަށް ރައީސް ނިންމެވީ އަންނަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

View post on Twitter

މި ނިންމުން ރައީސް ނިންމެވި އިރު ދާދި ފަހުން ރާއްޖޭގައި ހަރަކާތްތެރިވާ ބައެއް ސިއްހީ ދާއިރާގެ ޖަމިއްޔާތަކުން ވަނީ ވޭޕް ކުރުން ރާއްޖޭގައި މަނާކުރުމަށް ގޮވާލާ ރައީސް މުއިއްޒުއަށް ސިޓީތަކަކާއި ޕެޓިޝަން ތަކެއް ހުށަހަޅާފައި އެވެ.

ރާއްޖޭގައި ވޭޕް މަނާކޮށް ދޭން އެދި ޕެޓިޝަނެއްގައި ސޮއިކުރީ ސްކޫލްތަކަކުން އިސް ނަގައިގެންނެވެ. އެގޮތުން އެޕެޓިޝަންގައި ގިނަ އަދަދެއްގެ ބެލެނެވެރިން ވަނީ ސޮއިކޮށްފައެވެ. ވޭޕާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކުރީ، ސްކޫލްތަކުގެ ދަރިވަރުންގެ މެދުގައި ވޭޕްކުރުން އާންމުވެ، އެކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އުފެދުމާއި ގުޅިގެންނެވެ. އަދި ރާއްޖޭގައި ވޭޕްކުރުން ވަރަށް ބޮޑަށް އާންމުވަމުންދާތީ އެ މަނާކޮށް ދޭން މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން (އެމްއެމްއޭ) އިން ވެސް ގޮވާލާފައިވެ އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ