logoEN
cocacola
އިޒްރޭޮލަށް ހިޒްބުالله އިން ދިން ޑްރޯން ހަމަލާ: މަރުވި ޔަހޫދީންގެ އަދަދު 3 އަށް!

އިޒްރޭޮލަށް ހިޒްބުالله އިން ދިން ޑްރޯން ހަމަލާ: މަރުވި ޔަހޫދީންގެ އަދަދު 3 އަށް!

އަހުމަދު ޝުރާއު

logo

10/13/2024, 7:19:54 PM

# ހިޒްބުالله

ހިޒްބުاللهއިން މިރޭ އިޒްރޭލުގެ އަވަށަކަށް ޑްރޯން ބޭނުންކޮށްގެން ދިޔަ ވަރުގަދަ ހަމަލާގައި ޔަހޫދީންތަކެއް މަރުވެފައިވާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެފި އެވެ.

ގޮސިޔާ

އިޒްރޭލު އަސްކަރިއްޔާގެ ރޭޑިއޯއާއި ހަވާލާދީ އަލް ޖަޒީރާއިން ރިޕޯޓުކުރާ ގޮތުގައި މި ހަމަލާގައި މިހާތަނަށް 3 މީހަކު ވަނީ މަރުވެފައި އެވެ. އަދި 67 މީހަކަށް ޒަހަމްވެފައިވާއިރު 4 މީހަކަށް ދަނީ ހާލު ސީރިއަސްވެ ފަރުވާ ދެމުންނެވެ.

މި ހަމަލާ ދީފައިވަނީ އިސްރާއީލުގެ އައްސޭރިފަށުގެ ހައިފާ އާއި ތެލްއަވީވްއާ ދެމެދު އޮންނަ ބިންޔާމިނާ އަވަށަށެވެ.

ހިޒްބުالله އިން މި ހަމަލާގެ ޒިންމާ އުފުލާފައިވާއިރު، އެ ޖަމާއަތުން ވަނީ ބިންޔާމިނާގައި ހުންނަ އިސްރާއީލުގެ އަސްކަރީ ތަމްރީނު ކޭމްޕަކަށް އަމާޒުކޮށް ގިނަ އަދަދެއްގެ ޑްރޯން ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށް ބުނެފަ އެވެ.

އިޒްރޭލުގެ މީޑިއާތަކުން ބުނާގޮތުގައި ހިޒްބުاللهގެ ޑްރޯންތަކަށް ޔަހޫދީ އަސްކަރިއްޔާއިން ވައްޓާލުމުގެ ކުރިން އެޑްރޯންތަކުން ވަނީ ބިންޔާމިނާގައި ހުންނަ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް މިސައިލްތަކެއް ފަޔާ ކޮށްފައެވެ.

އިޒްރޭލުގެ އަސްކަރިއްޔާ (އައިޑީއެފް) އިން މި ހާދިސާގެ އެއްވެސް ތަފްސީލެއް ހާމަނުކުރާއިރު، ލުބުނާނުން ލޯންޗްކުރި އިންސާނުން ނެތް ވައިގެ އުޅަނދެއް "ހުއްޓުވާފައި" ކަމަށް ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވެއެވެ.

ޑްރޯން ހުއްޓުވީ ކޮން ތަނަކުން ކަމެއް އައިޑީއެފްއިން ހާމަކޮށްފައި ނުވި ނަމަވެސް ކުރު ބަޔާނެއް އައިޑީއެފްއިން ނެރުނީ ހައިފާގެ ދެކުނުގައި އޮންނަ ބިންޔާމިނާގައި ހުންނަ ގޯލާނީ ޓްރެއިނިން ކޭމްޕަކަށް ހަމަލާ ދިން ކަމަށް ހިޒްބުالله އިން ބުނުމާ ގުޅިގެންނެވެ.

ގޯލާނީ ބްރިގޭޑަކީ ލުބުނާނުގެ ދެކުނުގައި ހަރަކާތްތެރިވަމުން އަންނަ އައިޑީއެފްގެ އިންފެންޓްރީ ޔުނިޓެކެވެ.

ހިޒްބުاللهއިން ބުނާ ގޮތުގައި އިޒްރޭލަށް ދިން ހަމަލާއަކީ އިސްރާއީލުން ލުބްނާނަށް ދިން ހަމަލާތަކުގައި މިއަދު 22 މީހުން ޝަހީދުވެ 117 މީހުން ޒަޚަމްވުމާ ގުޅިގެން ދިން ހަމަލާއެއް ކަމަށެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ