logoEN
cocacola
ޣައްޒާގައި ފުޓްބޯޅަ ކުޅެން ތިބި ކުޑަކުދިންތަކަކަށް އަމާޒުކޮށް ޔަހޫދީން ބޮން އަޅައި 5 ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

ޣައްޒާގައި ފުޓްބޯޅަ ކުޅެން ތިބި ކުޑަކުދިންތަކަކަށް އަމާޒުކޮށް ޔަހޫދީން ބޮން އަޅައި 5 ކުޑަކުއްޖަކު ޝަހީދުކޮށްލައިފި

އަހުމަދު ޝުރާއު

logo

10/13/2024, 5:01:54 PM

# ޣައްޒާ

ޣައްޒާގައި ފުޓްބޯޅަ ކުޅެން ތިބި ކުޑަކުދިންތަކަކަށް އަމާޒުކޮށް ޔަހޫދީން ބޮން އަޅައިފި އެވެ.

ގޮސިޔާ

ރިޕޯޓުތައް ބުނާގޮތުގައި ޔަހޫދީ އިޒްރޭލުން މިއަދު ޑްރޯން ހަމަލާއެއް ދީފައިވަނީ ޣައްޒާ ސިޓީގެ ހުޅަނގުން އޮންނަ އަލްޝާޓީ ރެފިއުޖީ ކޭމްޕްގައި ފުޓްބޯޅަ ކުޅެންތިބި ކުޑަކުދިންނަށް އަމާޒުކޮށެވެ.

މި ހަމަލާގައި ފަލަސްތީނުގެ ހަ މީހަކު ޝަހީދުކޮށްލާފައިވާއިރު އޭގެ ތެރޭގައި ފަސް ކުޑަކުދިންނާއި އަންހެނަކު ހިމެނެ އެވެ.

މި ހަމަލާގައި ޒަހަމްވި އެތައް ބަޔަކު ވަނީ އަލްއަހްލީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައިވެސް ގިނައީ ކުޑަކުދިންނެވެ.

މި ހަމަލާއާއި ގުޅިގެން ޔަހޫދީން އަދި މިހާތަނަށް ބަހެއް ބުނެފައި ނުވާއިރު އިޒްރޭލުން ބުނަމުންދަނީ ހަމަލާތައް ދެމުންދަނީ ހަމާސް ޖަމާއަތާއި ގުޅުންހުރި މީހުންނަށް ކަމަށެވެ. ނަމަވެސް މި ހަމަލާއާއި ގުޅިގެން ބަހެއް ބުނަން އިޒްރޭލު ވަނީ ނުކުޅިދިފައި އެވެ.

ޔަހޫދީން ހުއްޓުމެއްނެތި ޣައްޒާއަށް ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް 42,200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައި އެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންގެ އަދަދު ވެސް ގިނައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ