.webp&w=3840&q=75)
--
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް, ޕީއެންސީގެ ފަރާތުން މިރޭ ބާއްވަން ނިންމި ހަރުގެ ޖަލްސާ ފަސްކޮށްފި އެވެ.

ޕީއެންސީން މިރޭ ހަރުގެ ޖަލްސާއެއް ބާއްވަން ތާވަލުކުރި މިރޭ 20:30 ގައި މާލޭގައި ހުންނަ ޕީއެންސީގެ މައި ހަރުގޭގައި އެވެ. މިރޭ ބާއްވަން ނިންމި ހަރުގެ ޖަލްސާއަކީ ޕާޓީގެ އިސް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލެއްވުމަށް ބާއްވަން ނިންމި ޖަލްސާއެކެވެ.
މި ޖަލްސާއާއި ގުޅޭގޮތުން ޕީއެންސީން ބުނީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކޮންގްރެސް ޕާޓީގެ ހަރުގެ ޖަލްސާ ފަހުގެ ތާރީޚަކަށް ބަދަލުވެފައިވާ ކަމަށެވެ.
ނަމަވެސް ޖަލްސާ ފަސްކުރި ސަބަބެއް ހާމަކޮށްފައެއް ނުވެއެވެ.
ޕީއެންސީގެ ރަސްމީ ހަރުގެ ހ.ވެޔޮވިލާގައި ހުޅުވީ މިދިޔަ ޖޫން މަހުގެ 22 ވަނަ ދުވަހު އެވެ. އެގޮތުން އެ ހަރުގެ ހުޅުވުމަށްފަހު އެޕާޓީއިން އަންނަނީ ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަކޮށް އިތުރުކުރުމަށް ކޮންމެ ހަފްތާއަކުވެސް ފޯރިގަދަ ޖަލްސާތަކެއް ބާއްވަމުންނެވެ.
ގުޅުންހުރި
.webp&w=3840&q=75)
މިރޭ ބާއްވަން ތާވަލުކުރި ޕީއެންސީގެ ޖަލްސާ ފަސްކޮށްފި

ޗައިނާގެ ވެރިކަންކުރާ ކޮމިއުނިސްޓް ޕާޓީގެ ދައުވަތަކަށް ޕީއެންސީގެ ވަފުދެއް ޗައިނާއަށް!

ލަފަޔަށް އެދުނު ކަންކަމުގައި ރައީސަށް ލަފާއަރުވައިފިން, ނަތީޖާ ވަރަށް އަވަހަށް ފެންނާނެ - އަބްދުއްރަހީމް
