logoEN
cocacola
ޕީއެންސީގެ ހަރުގެ ޖަލްސާއެއް މިރޭ!

ޕީއެންސީގެ ހަރުގެ ޖަލްސާއެއް މިރޭ!

އަހުމަދު ޝުރާއު

logo

10/13/2024, 8:48:41 AM

# ޕީއެންސީ

--

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ފޯރިގަދަ ހަރުގެ ޖަލްސާއެއް މިރޭ ބޭއްވުމަށް އެޕާޓީއިން ނިންމައިފި އެވެ.

ގޮސިޔާ

ޕީއެންސިއިން ބުނީ އެޕާޓީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ މާލޭގައި ހުންނަ އެޕާޓީގެ ހަރުގެ ޖަލްސާގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

އެޕާޓީން ބުނީ މިރޭގެ ޖަލްސާގައި ޕާޓީގެ އިސް މެމްބަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރާއްޖެއަށް ދިމާވެފައިވާ ބޮޑެތި މައްސަލަތަކާއި އެމައްސަލަތައް ހައްލުކުރެއްވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާނެ ކަމަށެވެ.

މިރޭހެ ޖަލްސާ ފެށުމަށް އެޕާޓީން ތާވަލުކޮށްފައިވަނީ މިރޭގެ 08:30 ގައި އެވެ.

ޕީއެންސީން ވަނީ މި ހަރުގެ ޖަލްސާގައި ބައިވެރިވުމަށް ޕީއެންސީގެ މެމްބަރުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ދައުވަތު ދީފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ