logoEN
cocacola
ރައީސްގެ މަރުހަބާ ޕީއެންސީގެ އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ބޭފުޅުންނަށް!

ރައީސްގެ މަރުހަބާ ޕީއެންސީގެ އިންތިހާބު ކާމިޔާބުކުރެއްވި ހުރިހާ ބޭފުޅުންނަށް!

އަހުމަދު ޝުރާއު

logo

11/23/2024, 4:08:11 PM

# ޕީއެންސީ

--

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ގޮސިޔާ

މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކާމިޔާބުކުރެއްވި އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމަށެވެ. އަދި މި އިންތިޚާބުގައި އެކި މަގާމުތަކަށް ވާދަކުރެއްވި ކެންޑިޑޭޓުންނާއި، އިންތިޚާބުގެ އިންތިޒާމްތަކުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން އިންތިޚާބުގައި ވޯޓުލީ ހުރިހާ މެމްބަރުންނަށްވެސް ރައީސް މުއިއްޒު ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ކުރިޔަށް ގެންދިޔަ މި އިންތިހާބުގައި އެޕާޓީގެ ދާއިރާތަކުގެ ރައީސުންނާއި ނައިބު ރައީސުންނާއި ސްޓިއަރިން ކޮމިޓީ ފަދަ ރަށްރަށުގައި ހިންގާ ހަރަކާތްތަކުގެ އެކި މަގާމުތަކަށް މީހުން އިންތިހާބުކުރިއެވެ. ދާއިރާއެއްގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ހުންނަ ނަމަ، އެ ދާއިރާއެއްގެ ރައީސެއްގެ ގޮތުގައި އިންތިހާބަކާއި ނުލައި ހަމަޖައްސާފައިވަނީ މަޖިލިސް މެމްބަރެވެ.

މީގެއިތުރުން ކޮންމެ ދާއިރާއެއްގެ ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުންގެ ހަރަކާރުގެ ރައީސް އަދި ސިޓީތަކުގެ ކޮންމެ ދާއިރާއަކުން ޒުވާނުންގެ ހަރަކާތުގެ ރައީސް އާއި އަންހެނުން ހަރަކާތުގެ ރައީސުން މިއަދު ވަނީ އިންތިހާބުކޮށްފައެވެ.

މިއަދުގެ އިންތިހާބުގައި 91 ރަށެއްގައި 1،984 މަގާމަކަށް މީހުން އިންތިހާބުކުރާނެ އެވެ. 1300 މަޤާމަށް، އެންމެ ކެންޑިޑޭޓަކު ކުރިމަތިލައްވާފައިވާތީ، އެ 1300 މަގާމަށް ވަނީ، އިންތިހާބަކާ ނުލައި މީހުން ހޮވިފައެވެ. މިއާއި އެކު މިއަދުގެ އިންތިހާބުގައި ވާދަކުރަނީ 648 ކެންޑިޑޭޓުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ