logoEN
cocacola
ފާއިތުވި އެއް ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިޒްރޭލަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ރޮކެޓު ހަމަލާ!

ފާއިތުވި އެއް ގަޑިއިރުގެ ތެރޭގައި އެކަނިވެސް އިޒްރޭލަށް އަމާޒުކޮށް 40 އަށްވުރެ ގިނަ ރޮކެޓު ހަމަލާ!

އަހުމަދު ޝުރާއު

logo

10/12/2024, 8:56:33 PM

# ލުބުނާން - އިސްރާއިލް

ފާއިތުވި އެއް ގަޑިއިރުގެ ތެރޭގައި އެކަނިވެސް ލުބުނާނުން އިޒްރޭލުގެ އެކި އަމާޒުތަކަށް ގިނަ އަދަދެއްގެ ރޮކެޓު ހަމަލާދީފި އެވެ.

ގޮސިޔާ

މިކަން ހާމަކޮށް ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން ބުނީ ފާއިތުވި އެއް ގަޑިއިރުގެ ތެރޭގައި ލުބުނާނުން ފޮނުވާލު 40 އަށްވުރެ ގިނަ ރޮކެޓު އިޒްރޭލުގެ އެކި ސަރަހައްދުތަކަށް އަމާޒުވެފައިވާ ކަމަށެވެ.

އެގޮތުން މި ރޮކެޓުތަކުގެ ތެރެއިން ބައެއް ރޮކެޓުތައް އިންޓަސެޕްޓުކޮށްފައިވާ ކަމަށާއި ނަމަވެސް ބައެއް ރޮކެޓުތައް އިޒްރޭލުގެ އެކި ސަރަހައްދުތަކަށް ވެއްޓިފައިވާ ކަމަށްވެސް އިޒްރޭލު އަސްކަރިއްޔާއިން ބުނެއެވެ.

އެގޮތުން މިރޭ 11:21 (އިޒްރޭލު ގަޑިން) އިޒްރޭލުން ވެރިވެގަނެފައިވާ ފަލަސްތީނުގެ ބިންތަކުގެ ތެރެއިން އަޕަރ ގަލީލް ސަރަހައްދަށް އަމާޒުކޮށް ގާތްގަނޑަކަށް 25 ޕްރޮޖެކްޓައިލް ފޮނުވާލާފައިވާ ކަމަށް ވަނީ ބުނެފައި އެވެ. އަދި އޭގެ 10 ވަރަކަށް މިނެޓު ފަހުން އިތުރު 15 ވަރަކަށް ޕްރޮޖެކްޓައިލް ހަމަ އެސަރަހައްދަށް އަމާޒުވި ކަމަށްވެސް ވަނީ ބުނެފައި އެވެ.

މި ހަމަލާތަކަކީ ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އިޒްރޭލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތަކެކެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެކަނިވެސް ހިޒްބުالله އިން ވަނީ އިޒްރޭލުގެ އެކި އަމާޒުތަކަށް 350 އަށްވުރެ ގިނަ ރޮކެޓު ހަމަލާދީފައި އެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ