
.png?w=3840&q=75)


.jpeg?w=3840&q=75)




ލުބުނާނުގެ ގިނަ އަވަށްތަކެއް ހުސްކުރަން ނިރުބަވެރި އިސްރާއިލު އަސްކަރިއްުޔާއިން އަންގައިފި އެވެ.
އަސްކަރިއްޔާގެ އަރަބި ބަހުން ވާހަކަ ދައްކާ ތަރުޖަމާނު އިއުލާނު ކުރި އަމުރުގައި ބުނެފައި ވަނީ މީގެ ކުރިން ހުސްކުރަން އަމަރު ނެރުނު އަވަށްތަކުގެ އިތުރަށް ލުބުނާނުގެ އިތުރު 21 އަވަށެއްގެ ރައްޔިތުން އެތަންތަން ހުސްކުރަން އަންގާކަމަށާއި އެކަން ވަގުތުން ވަގުތައް ތަންފީޒުކުރަން ޖެހޭނެ ކަމަށެވެ.
އަދި އެ ރައްޔިތުން ލުބުނާނުގެ ދެކުނުން ހިނގަމުންދާ އަވާލީ ކޯރުގެ އުތުރުގެ ސަރަހައްދުތަކަށް ބަދަލުވުމަށް އަންގާ ކަމަށްވެސް ވަނީ ބުނެފައި އެވެ.
އިޒްރޭލުން ބުނާގޮތުގައި ލުބުނާނަށް ދޭ ހަމަލާތަކަކީ ހިޒްބުالله ގެ އިންފްރާސްޓްރަކްޗާއާ ދެކޮޅަށް ދެމުންދާ ހަމަލާތަކެކެވެ. ނަމަވެސް މި ހަމަލާތައް ދޭން ކަމަށްބުނެ އިޒްރޭލުން ލުބުނާނުގެ ބިން ފޭރިގަތުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.
އިޒްރޭލުން މިދިޔަ މަހު ލުބުނާނަށް އެއްގަމު މަގުން އެރި ފަހުން ލުބުނާނުގެ ދެކުނުގެ ބައެއް ސަރަހައްދުތައް ހުސްކުރަން ވަނީ އަންގައިފަ އެވެ.

.png?w=3840&q=75)


.jpeg?w=3840&q=75)


