logoEN
cocacola
އިޒްރޭލަށް އަމާޒުކޮށް އިރާގުން ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި

އިޒްރޭލަށް އަމާޒުކޮށް އިރާގުން ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި

އަހުމަދު ޝުރާއު

logo

10/12/2024, 8:50:38 PM

# އިރާގު

އިޒްރޭލުގެ ދެކުނުގެ އަވަށަކަށް އަމާޒުކޮށް އިރާގުން ޑްރޯން ހަމަލާތަކެއް ފޮނުވާލައިފި އެވެ.

ގޮސިޔާ

އީރާނަށް ތާއީދުކުރާ ހަތިޔާރު އެޅި ޖަމާއަތެއް ކަމަށްވާ އިސްލާމިކް ރެސިސްޓެންސް އިން އިރާގުން ބުނީ އެ ޖަމާއަތުން ޑްރޯން ބޭނުންކޮށްގެން ހަމަލާދިނީ އިޒްރޭލުގެ އެންމެ ދެކުނުގެ ސިޓީ ކަމަށްވާ އެއިލާޓްއަށް ކަމަށެވެ.

ނަމަވެސް ހަމަލާ އިޒްރޭލަށް ކާމިޔާބުކަމާއި އެކީ އަމާޒުވިކަމެއް އެޖަމާއަތުން ބުނެފައެއް ނުވެއެވެ.

އިސްލާމިކް ރެސިސްޓެންސް އިން އިރާގުން މިކަން ހާމަކުރުމުގެ އިރުކޮޅެއް ކުރިން އިޒްރޭލުން ވަނީ ރަތް ކަނޑު ހުރަސްކޮށް އިޒްރޭލަށް އަމާޒުކޮށް ދެ ޑްރޯން ހަމަލާއެއް އައިކަން ހާމަކޮށްފައެވެ. ނަމަވެސް މިއީ އިރާގުން ދިން ހަމަލާކަމެއް އިޒްރޭލުން ހާމަކޮށްފައި ނުވެއެވެ.

އިސްލާމިކް ރެސިސްޓެންސް އިން އިރާގުން އިޒްރޭލަށް އަމާޒުކޮށް ދެމުން އަންނަ ހަމަލާތައް އިތުރުކޮށްފައިވާއިރު މި ހަމަލާތަކުގެ ސަބަބުން އިޒްރޭލަށް ފާއިތުވި ހަފްތާގައި ވަނީ ގެއްލުންތަކެއްވެސް ލިބިފައި އެވެ. ނަމަވެސް މި ހަމަލާތަކުގައި ޔަހޫދީއަކު މަރުވި ކަމެއް އިޒްރޭލުން ހާމަކޮށްފައި ނުވާއިރު އިޒްރޭލާއި ދެކޮޅަށް ހަމަލާދޭ ޖަމާއަތްތަކުގެ ހަމަލާތަކުން އިޒްރޭލަށް ގެއްލުން ލިބޭކަން ތަކުރާރުކޮށް އިޒްރޭލުން ދަނި ފޮރުވަމުންނެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ