logoEN
cocacola
ހިޒްބުاللهއިން އިޒްރޭލަށް އަމާޒުކޮށް 300 އަށްވުރެ ގިނަ ރޮކެޓު ފޮނުވާލައިފި

ހިޒްބުاللهއިން އިޒްރޭލަށް އަމާޒުކޮށް 300 އަށްވުރެ ގިނަ ރޮކެޓު ފޮނުވާލައިފި

އަހުމަދު ޝުރާއު

logo

10/12/2024, 8:31:17 PM

# ހިޒްބުالله

މި ހަފްތާ ބަންދުގައި ހިޒްބުاللهއިން އިޒްރޭލަށް އަމާޒުކޮށް 300 އަށްވުރެ ގިނަ ރޮކެޓު ފޮނުވާލާފައިވާ ކަމަށް ނިރުބަވެރި އިޒްރޭލު އަސްކަރިއްޔާއިން ބުނެފި އެވެ.

ގޮސިޔާ

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ހިޒްބުالله އިން މި ހަފުތާ ބަންދުގައި އިސްރާއީލަށް 320 އަށް ވުރެ ގިނަ ޕްރޮޖެކްޓަލް ފޮނުވާފައިވާ ކަމަށެވެ.

މި ހަމަލާދީފައިމިވަނީ ޔަހޫދީން ފާހަގަކުރާ ޔޯމް ކިޕްޕޫރު އާއި ދިމާކޮށް ކަމަށާއި މިއީ ހަމަލާތައް އަމާޒުކޮށްފައިވަނީ އެއަޅުކަން ކުރާ ޔަހޫދީންނަށް ކަމަށް އިޒްރޭލުން ބުނެއެވެ.

މި ހަމަލާތަކުގައި ސަބަބުން ގިނަ އަދަދެއްގެ ޔަހޫދީންތަކެއް ހިމާޔާތް ހޯދަން ބަންކަރުތަކަށް ވަތްކަން ވެސް ޔަހޫދީ އިޒްރޭލުން ވަނީ ހާމަކޮށްފައެވެ.

ހިޒްބުالله ގެ މި ހަމަލާތަކާއި އެކު އިޒްރޭލުގެ އެކި ސަރަހައްދުތަކުގައި ވައިގެ ހަމަލާތަކުގެ ސައިރެންތައް އިވިފައިވާކަމަށް ޔަހޫދީ މީޑިއާތަކުން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.

މި ހަމަލާތަކާއި ގުޅިގެން ހިޒްބުاللهއިން ވަކި ބަހެއް ބުނެފައި ނުވި ނަމަވެސް ހިޒްބުالله އިން އިޒްރޭލަށް ދޭ ހަމަލާތައް ވަރުގަދަކުރަމުން އަންނަ ކަން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ގޭސް
ކޮމެންޓް
މޯލްޑިވްސް ގޭސް
ފަހުގެ
ގިބްލަ